އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނުގެ ޙުކުމްތަކަށް އިންކާރުކުރުމަކީ ވަރަށްބޮޑު ކުށެއް! އެއީ އިންސާނީ ޙައްޤެއް، މިނިވަން ކަމެއްވެސް ނޫން!: ޝައިޚް ޢަލީ ޒާހިރު

ދީނުގެ ޙުކުމްތަކަށް އިންކާރުކުރުމަކީ ވަރަށްބޮޑު ކުށެއް! އެއީ އިންސާނީ ޙައްޤެއް، މިނިވަން ކަމެއްވެސް ނޫން!: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅުތަކަށް އިންކާރުކޮށް އެކަންކަމާމެދު ހިތަށްއެރިހާ ވާހަކައެއް ދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުން ބަލާއިރު ވަރަށްބޮޑު ކުށެއް ކަމަށާއި އަދި އެއީ އިންސާނީ ޙައްޤެއް އަދި އެއީ މިނިވަން ކަމެއްވެސް ނޫން ކަމަށް ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. 

"ހެއްދެވި ފަރާތަށް އަދާކުރަން ޖެހޭ ހައްޤު އަދާނުކުރެވޭ ހާލު އެއިލާހުގެ ޙުކުމްފުޅުތަކަށް ގޮންޖަހާ ބައަކު ހައްޤޭ ކިޔާފައި ވާހަކަ ދެއްކުމުގެ ހައްޤެއް އެބައޮތް؟" ކަމާއިމެދުވެސް ޝައިޚް ވަނީ ސުވާލު އުފައްދަވައިފައެވެ. 

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން އުތެމަ ކިޔާ ބައަކު ރާއްޖޭގެ ޤާނޫނުތަކާއި ޚީލާފަށް ޝައިޠޯނީ ބަޔާނެއް ނެރުމުން އެއީ ޙައްޤެއް ކަމަށް ބުނެ ޝައިޠޯނާއަށް ވާގިވެރިވާ ޖަމާއަތްތަކުން ބަސްބުނަމުން ގެންދާ ވަގުތެއްގައެވެ. 

މިފަދަ އަމަލުތައް ކުރާ މީހުންނަކީ ކޮންބައެއްކަން އެނގިގެންދާ ކީރިތި ޤުރްއާނުގެ އާޔަތެއް އިސްލާމީ މަރުގެ އިސް އިމާން ޝައިޚް ނަސްރުﷲ ޢަލީ މިއަދުވަނީ ހާމަކުރައްވައިފައެވެ. '

"އެއުރެންނީ، އާޚީރަތަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ." (އިބްރާހީމް: 3)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް