އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 3 މީހެއްގެ ހާލުބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 3 މީހެއްގެ ހާލުބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއިގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ތިން މީހެއްގެ ހާލުބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައިގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރުން މި ތިންމީހުން ނަށް ފަރުވާދެމުން ދާއިރު މީގެތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1911 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 400 މީހުންނަށެވެ.  އަދި މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2324 އަށް އަރައިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު