އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯނެ މުއްދަތެއް ކަނޑައަޅައި ތެދުވެ ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރާ މީހާ ނުހުއްޓުވޭނެ!: މުފްތީ މެންކް

ރޯނެ މުއްދަތެއް ކަނޑައަޅައި ތެދުވެ ކުރިއަށްވުރެ ބާރަށް ކުރިއަށްދާން މަސައްކަތްކުރާ މީހާ ނުހުއްޓުވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ހިތްދަތިކަމާ މާޔޫސްކަމުގައި ގިނަ ދުވަސްތައް ހޭދަކުރަންޖެހިފައިވާ މީހުންނާއި އަނިޔާ ލިބެމުންދާ މީހުންނާއި އެނޫންވެސް ހިތްދަތިޙާލަތުގައި އުޅެންޖެހިފައިވާ މީހުންގެ ލޮލުން އޮހޮރަމުން ގެންދާ ކަރުނަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އޭނާގެ ހިތަށް ކުރާ އަސަރުތައްވެސް މެއެވެ. ހިތުގައި އަޅާ ވޭންތައްވެސްމެއެވެ!  

ޙާލަތާއި ގުޅިގެން ނުރޮއި ކެތް ނުކުރެވޭނަމަ ރޯށެވެ! ނަމަވެސް ރުއިން ހުއްޓާލަން މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް މުއްދަތެއްވެސް ކަނޑައަޅަންވާނެއެވެ. 

އެންމެ މުހިންމު ކަމަކީ އައު ޢަޒުމަކާއިއެކު ކުރިމަތިލުމުގެ ހިތްވަރު ލިބިގަތުމެވެ. ބާރަށް ކުރިއަށް ދިއުމުގެ ކުޅަދާނަކަން ލިބިގަތުމެވެ. ވީމާ ސާބިތުވާށެވެ! ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާކަން ޔަޤީންކުރާށެވެ! އެކަން ޔަޤީންކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާ ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ! 

- މުފްތީ މެންކް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް