އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނަރަ އަަހަރުގެ ޖޯތީ ހައިހޫނު ކަމުގަ ބައްޕަ ގޮވައިގެން ބައިސްކަލްގަ ބާރަސަތޭކަ ކިލޯމީޓަރަށް ކުރި ދަތުރުން ޢާއިލާ މުއްސަނދިވެއްޖެ!

ފަނަރަ އަަހަރުގެ ޖޯތީ ހައިހޫނު ކަމުގަ ބައްޕަ ގޮވައިގެން ބައިސްކަލްގަ ބާރަސަތޭކަ ކިލޯމީޓަރަށް ކުރި ދަތުރުން ޢާއިލާ މުއްސަނދިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އިންޑިއާގެ ބިހާރު ސްޓޭޓްގެ ދަރްބަންގާ އަވަށަށް އުފަން އުމުރުން އެންމެ 15 އަހަރުގެ ޖޯތީ ކުމާރީ ޕަސްވަ  އޭނާގެ ބަލިކަށި ބައްޕަ ގޮވައިގެން 1200 ކިލޯ މީޓަރަށް ދަތުރުކުރަން ބޭނުންކުރީ ގޭގައި ހުރި އެންމެ 2000 ރުޕީސްއަށް ގަނެފައިވާ ސެކަންޑްހޭންޑް ބައިސްކަލެކެވެ.

ޖޯތީގެ ބައްޕަ މޯހަން ޕަސްވަނަކީ ރިކްޝާ ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުންދިއަ މީހެކެވެ. ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ލިބުނު އަނިޔާތަކަކާއި ގުޅިގެން އޭނާއަށް އެ މަސައްކަތް އިތުރަށް ކުރެވޭގޮތް ނުވުމުން އުޅެމުން އައީ ވަރަށް ދަތި ޙާލުގައެވެ. 

 ޖޯތީ އޭނާގެ ބައްޕަގެ ޙާލު ބަލައިލަން ދިއައީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. ގޮސް ހުއްޓައި ފުރަބަންދު އިޢުލާންކުރުމާގުޅިގެން ޖޯތީއާއި އޭނާގެ ބައްޕަވެސް އަމިއްލަ ވަޒަނަށް ނުދެވި މަޑުކުރަން ޖެހުނީއެވެ. 

ހަރިޔާނާގެ ސިކަންދަރުޕޫރުން ބިހާރުގެ ދަރުބަންގާއަށް ދާން ހަފްތާއެއްހައި ދުވަހުގެ ދަތުރަށް ފުރީ ހމައެކަނި ބޯފެންފުޅިއެއް ހިފައިގެންނެވެ. ދަތުރުގެ ގިނަ ދުވަސްތައް ހޭދަކުރީ ހައިހޫނުކަމުގައެވެ. އުމުރުން އެންމެ 15 އަހަރުގެ ޖޯތީ ބައްޕަ ގޮވައިގެން ކުރި ދިގު ދަތުރާއި އުފުލި ތަކްލީފްގެ ވާހަކަ އިންޑިއާ އާއި ބައިނަލްއަޤްވާމީ ނޫސްތަކުގައި ފެތުރިގެން ދިއުމުން ޖޯތީ އަށާއި އޭނާގެ ޢާއިލާއަށް ލެއްވެވި ރަޙްމަތް އެނގޭ ހެއްޔެވެ؟

ބޮލީވުޑްގެ ޑައިރެކްޓަރ ފަރަޙް ޚާން ވަނީ ޖޯތީއާއި އޭނާގެ ދެ ކޮއްކޮ ކިޔަވާ ނިމެންދެން، އެމީހުންގެ ކިޔެވުން ކޮންމެ އަހަރަކު ސްޕޮންސަރކޮށްދޭން ނިންމައިފައެވެ. ބިހާރުގެ ލޮކް ޖަންޝަކްތީ ޕާޓީން ވަނީ ޖޯތީ ޝަޢުގުވެރިވާ ދާއިރާއަކުން ކިޔެވުމަށް ސްޕޮންސަރޝިޕް ދޭނެކަމަށް ބުނެފައެވެ. އުއްތަރް ޕްރަދޭޝްގެ ސަމަޖްވާދީ ޕާޓީން ވަނީ އެއްލައްކަ ރުޕީސްގެ މާލީ އެހީ ޖޯތީގެ އާއިލާއަށް ހަދިޔާކޮށްފައެވެ. އިންޑިއާގައި ހިސާބު އިލްމަށް މަޝްހޫރު ޓީޗަރު އާނަންދު ކުމާރު ހިންގާ ކޯޗިންގ ސެންޓަރ "ސުޕަރ-30" އިން އައި.ޓީއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށްދާން ބޭނުންވާނަމަ، ހިލޭ އެ ފުރުޞަތު ފަހިކޮށްދޭނެކަން ވަނީ ޖޯތީއަށް އަންގައިފައެވެ. 

ޖޯތީގެ ވާހަކަ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިއައީ އޭނާގެ ވާހަކަ އިވާންކާ ޓްރަޕް ޓްވީޓްކުރުމުންނެވެ. 

ގުޅުންހުރި ވީޑިއޯ: 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް