އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭނގި ހުރެ ކުރެވޭ ކަންކަމުން ޝައިޠޯނާއަށް ވާގިވެރިވެވޭ ޝައިޠޯނާގެ ބައިވެރިން އެބަ ގިނަވެއެވެ!: މުފްތީ މެންކް

ނޭނގި ހުރެ ކުރެވޭ ކަންކަމުން ޝައިޠޯނާއަށް ވާގިވެރިވެވޭ ޝައިޠޯނާގެ ބައިވެރިން އެބަ ގިނަވެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ﷲ ރުހިވޮޑިނުގަންނަވާ ޕޯސްޓެއްކޮށްގެން މިލިއަނުން ލައިކް ލިބުނު ނަމަވެސް މީޒާނުގައި އަމަލުތައް ކިރައިލަން ޖެހޭ ދުވަހު މިލިއަނުން ބަރުވެގެންދާނީ ތިބާކުރި ފާފަތަކުގެ ކޮޅަށެވެ. ތިބާގެ ސަބަބުން އެހެން މީހުން ކުރާ ފާފަތަކުންވެސް ތިބާއަށް ބައި އެޅިގެންދާނެއެވެ! 

ތިބާކުރާ އެފަދަ ޕޯސްޓެއްގެ ސަބަބުން މީހުންގެ ތަޢްރީފާއި މަޝްހޫރުކަން މިލިއަނުން ލިބުނު ނަމަވެސް އެކަން އެއީ ޤިޔާމަތް ދުވަހު ނަރަކައިގެ ހޫނުގަދަ ފޭރާމުން ތިބާ ފޭރާން ލެއްވޭ ސަބަބަކަށްވެސް ވެދާނެއެވެ. އެހެނީ އެއިރުން ތިބާ ހިމެނިގެން އެދަނީ ޝައިޠޯނާގެ ބައިވެރިންގެ ތެރޭގައެވެ. ތިބާއަށް އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. ތިބާއަށް އެވެވެނީ ޝައިޠޯނާގެ މަސައްކަތުގައި ވާގިވެރިއަކަށެވެ.  

ފާފަވެރިވަނީ ހަމައެކަނި އިސްލާމް ދީނާއިމެދު ދޮގު މައުލޫމާތު ހާމަކުރުމަކުން ނޫނެވެ. އަދި ކުފުރުގެ ބަސްތައް ބުނުމަކުންވެސް ނޫނެވެ. މީސްތަކުންނާއިމެދު ދޮގު މައުލޫމާތު ފެތުރުމާއި މީސްތަކުން ފަޟީޙަތް ކުރުމަކީ ވެސް އަދި މުސްލިމުން ބެލުން ހުއްދަނޫން މަންޒަރުތައް ހާމަކުރުމުން ވެސް ފާފަވެރިވާނެއެވެ! ވީމާ މިއީ މިއަދު ހަމަ އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. 

އެފަދަ ކަންކަން ކުރުމުން ދުނިޔޭގައި މަޝްހޫރުކަން އިތުރުވެދާނެއެވެ. އެފަދަ ކަންކަން ކުރާ މީހުންގެ ފޮލޯވަރސް ގިނަވާނެއެވެ. އެފަދަ ޕޯސްޓްތަކަށް ލިބޭ ލައިކްވެސް ގިނަވާނެއެވެ. ނަމަވެސް އެފަދަ ކޮންމެ ކަމެއް އެގެންދަނީ އެމީހަކު ނަރަކައާއި ގާތަށް ދަމަމުންނެވެ! 

ބައެއް މީހުންނަށް މިފަދަ ޕޯސްޓްތައް ކުރެވެނީ ނުއެނގި ތިބެއެވެ. މިކުރެވެނީ ކިހައިވަރެއްގެ ފާފައެއްކަން ވެސް ނުއެނގި ތިބެއެވެ! ވީމާ ކޮންމެ ޕޯސްޓެއް ކުރުމުގެ ކުރިންވެސް ތަކުރާރުކޮށް ވިސްނައިލާށެވެ! 

އާޚިރަތް އެދޭ މީހާ މިސްތަކުންގެ ލައިކް ހޯދުމުގެ ބަދަލުގައި ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޕޯސްޓެއް ކުރުމުން މަދު މީހުން ލައިކް ނުކުރި ނަމަވެސް އަދި އެއްވެސް މީހަކު ލައިކް ނުކުރި ނަމަވެސް އެކަމުގެ ޘަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ! އެކަމުގެ ސަބަބުން ތިބާގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބަރުވާނެއެވެ. ސުވަރުގެ ލިބުމަށް މަގުފަހިވާނެއެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް