އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭޕްކުރާ މީހުން މެރުން ދީނުގަ ހުއްދަ!: ޝައިޚް އާދަމް ނިޝާން

ރޭޕްކުރާ މީހުން މެރުން ދީނުގަ ހުއްދަ!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ޒިނޭގެ ފާޙިޝް ޢަމަލުގެ ނުބައިކަމާއި ބޮޑުކަމުން، އިސްލާމްދީނުގައި އެންމެ ބޮޑު ޙުކުމެއް ކަނޑައެޅިފައިވާ އެއް ފާފައަކީ ޒިނޭކުރުމެވެ. އެގޮތުން މުޙްޞަނަކު (ޞައްޙަ ކައިވެންޏަކުން ކައިވެނިކޮށް، ކައިވެނީގެ އުފާ ލިބިގެންފައިވާ މީހަކު) ޒިނޭކޮށްފިނަމަ އެމީހެއްގެ މައްޗަށް އޮތް ޙައްދަކީ ރަޖަމުކުރުމެވެ.

އެއީ އަދި ދެމީހުންގެ ރުހުމުގައެވެ. ދެން އެހެންވީއިރު ބިރުދައްކައިގެން ގަދަބާރުން މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ މީހާގެ ނުބައިކަން ކިހާ ބޮޑުވެގެން ވާނެ ހެއްޔެވެ؟

އަދި އެއަށްވުރެވެސް ނުބައިވެގެންވަނީ ތިމާގެ އަމިއްލަ ލޭހިނގާ، ތިމާ އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން ވާޖިބުވާ ތިމާގެ ދަރިން ނުވަތަ އެނޫންވެސް މީހެއްގެ، އަދި ކިއެއް އަމިއްލަ ރައްކާތެރިކަން ހޯދޭނެހާ އާރެއް ބާރެއް ނެތް ތުއްތު ކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ.

މިފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ޝަރީޢަތުގައިވާ ގޮތަށް ކުށް ޘާބިތުކޮށް، ރަޖަމު ކުރުމަށް، ނުވަތަ ދަން ޖައްސާ މެރުމަށް ނުވަތަ އެނޫންވެސް ގޮތްގޮތަށް އަދަބުދީ މެރުން އިސްލާމީ ޝަރީޢަތުގައި ހުއްދަކުރައްވާފައި ވެއެވެ.

- ޝައިޚް އާދަމް ނިޝާން 

މީގެ އިތުރުން ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ ސަރުކާރުގެ އިދާރާތަކަށްވެސް އަދި ބައެއް މީހުންނަށް މާމުހިންމުކަމަކަށްނުވާ، އެކަށީގެންވާ ގޮތަކަށް އަޅައިވެސް ނުލައި ދޫކޮށްލާފައިވާ ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލާ (ޞޢވ) އާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެއް ކަމަށް ވެސް ވިދާޅުވެފައެވެ.  

"ދަންނާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ!".

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް