އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނޑުހައިހޫނުކަމުގައި އިންނަ މުސްކުޅި އަންހެނާގެ މިވާހަކަކޮޅު ނިކަން ކިޔައިލަބަލާށެވެ! އެއްޗެއް ވިސްނިދާނެއެވެ! އިން ޝާ ﷲ

ބަނޑުހައިހޫނުކަމުގައި އިންނަ މުސްކުޅި އަންހެނާގެ މިވާހަކަކޮޅު ނިކަން ކިޔައިލަބަލާށެވެ! އެއްޗެއް ވިސްނިދާނެއެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މުސްކުލީންނަށް ޚާއްޞަކޮށްގެން ތުރުކީގައި ބޭއްވި ރެޑިއޯ ޕްރޮގްރާމެއްގައި މުސްކުޅި، ފަޤީރު އަންހެނަކު އޭނާއަށް ކާނެ އެތިކޮޅެއްވެސް ނުލިބި ދިރިއުޅެމުން ގެންދާ ހާލަތު ކިޔައިދިނެވެ. 

އެއަޑު އަހަން އިން އެއްވެސް ދީނެއް ޤަބޫލުނުކުރާ، ކަލަކު ވޮޑިގެންވާކަންވެސް ޤަބޫލުނުކުރާ އަންހެނަކު އެމުސްކުޅި އަންހެން މީހާގެ ހިތް މީނާ އާއި އެއްގޮތަށް ބަދަލުކޮށްލެވޭތޯ ވިސްނުން ތަކެއް ވިސްނައިލިއެވެ. 

އޭނާ ޤަޞްދުކުރީ އަނެއް ދުވަހުން ފެށިގެން މުސްކުޅި އަންހެން މީހާއަށް ކާންދީ އެހީތެރިވެދީގެން އިސްލާމް ދިނުން އެ އަންހެން މީހާ ބޭރުކޮށްލުވުމަށެވެ. އޭނާއަށް ހީކުރެވުނީ އެއީ މުސްކުޅިއަކަށްވުމުން އެކަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ. 

މީނާގެ ކިބައިގައި ތަނަވަސްކަން ހުރުމުން ރެސްޓޯރަންޓަކަށް އޯޑަރުކޮށްގެން އަނެއް ދުވަހު މެންދުރަށް ވަރަށް ގިނަ ބާވަތުގެ ކާތަކެތި ތައްޔާރުކުރުވައިގެން ގެންގޮސް އެ މުސްކުޅިޔާއަށް ދިނުމުން އޭނާ ފުރަތަމަވެސް ޝުކުރުކުރީ ﷲ ތަޢާލާއަށެވެ! "ޝުކުރުއަލްޙަމްދުލިﷲ" 

އެތަކެތި ގެންގޮސްދިން މީހާ އެވަގުތު ސުވާލުކޮށްލިއެވެ. "ތިއަ ތަކެތި ދައްތައަށް ފޮނުވައިދިނީ ކާކުކަން އެނގޭހެއްޔެވެ؟"

ޖަވާބުގައި މުސްކުޅިޔާ ބުންޏެވެ! "އެއީ ކޮންމެހެން އެހައިމުހިންމު ކަމެއް ނޫނެވެ. އަހުރެންގެވެރި، އަހުރެންގެ ހިތުގެ ރަސްގެފާނު، ﷲ ތައާލާ އެކަމަކަށް އަމުރުފުޅުކުރެއްވެވުމުން ޝައިޠޯނުންނަށްވެސް ޖެހެނީ އެކަމެއް ކުރާށެވެ! ވީމާ ތިއަ ތަކެތި ފޮނުވި މީހާއަށް ވެސް އެކަން އެކުރެވުނީ ހުރިހާ އެންމެންގެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތައާލާ އޭނާއަށް އެކަން ކުރަން އަމުރުފުޅުކުރެއްވެވުމެވެ. އެމީހެއްގެ އަތުން ތިއަ އެތޮކޮޅު މި ނިކަމެތި އިންސާނާއަށް ދެއްވަވަން މިންވަރުކުރެއްވެވުމުންނެވެ. ފުރަތަމަވެސް ﷲ ތަޢާލާއަށް ޝުކުރު މިކުރީ އެސަބަބަށްޓަކައެވެ."

އޭނާއަށް ޖެހުނީ މާބޮޑު މާޔޫސްކަމެއް ލިބިގެން ހުރެ އެނބުރި ދާށެވެ! އެއީ ފުރިހަމަ މުސްލިމެއްގެ ޢަޤީދާ، މީހަކު ދިއްކޮށްލާ ހަދިޔާއަކުން ގުޑުވައި ނުލެވޭނެކަމުގެ ޔަޤީންކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް