އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލަތައް ޙައްލުނުވެގެން، ޝިފާ ނުލިބިގެން އުޅެން މިޖެހެނީ އަހަރެމެން އަދާކުރަންޖެހޭ ދައުރު ފުރިހަމަނުކުރެވޭތީ!: މުފްތީ މެންކް

މައްސަލަތައް ޙައްލުނުވެގެން، ޝިފާ ނުލިބިގެން އުޅެން މިޖެހެނީ އަހަރެމެން އަދާކުރަންޖެހޭ ދައުރު ފުރިހަމަނުކުރެވޭތީ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެއްވެސް ކަމެއް އެއްވެސް މީހަކަށް ހިންމަވައި ދެއްވެވުމަކީ، އަދި ކިތަންމެ ގިނަ ބައަކަށް ކިތަންމެ ގިނަ ކަންތައްތަކެއް ހިންމަވައި ދެއްވެވުމަކީވެސް ﷲ ތަޢާލާއަށް އެއްވެސް ތަކްލީފެއް ލިބިވޮޑިގެންވާ ކަމެއް ނޫނެވެ. 

ދުނިޔޭގެ އެންމެން ކުރާ ހުރިހާ ދުޢާތައް ޢިޖާބަކުރައްވަވައި ދެއްވެވުމާއި ދުނިޔޭގެ އެންމެންގެ ހިތުގެ އެންމެހައި އެދުންތައް ފުއްދަވައިދެއްވެވުމަކީވެސް ﷲ ތަޢާލާއަށް ނުހަނު ފަސޭހަފުޅުވެވޮޑިގެންވާ ކަމެކެވެ. ހަމައެފަދައިން އެންމެންގެ ހިތުގައި އަޅާ ވޭންތަކަށާއި އެންމެނެގެ ބަލިތަކަށް ޝިފާ ދެއްވެވުމަކީ ވެސް ﷲ ތަޢާލާއަށް ފަސޭހަފުޅުވެވޮޑިގެންވާ ކަންކަމެވެ! 

ބުރަވެގެން މިއުޅެނީ އަހަރެމެންނަށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވުމާއި އިޚްލާޞްތެރިވުމާއި  ދުޢާކުރުމާއި މިފަދަ ކަންކަން ނުކުރެވިގެން މިއުޅެނީ ހަމަ އަހަރެމެންނަށެވެ! ވަކީލް ނުކުރެވިގެން މިއުޅެނީވެސް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވެވިގެން މިއުޅެނީ ވެސް ހަމަ އަހަރެމެންނަށެވެ. 

ވީމާ ހިތްވަރުކޮށްލާފައި އަހަރެމެން އަދާކުރަންޖެހޭ ދައުރު އަހަރެމެން އަދާކުރަމާ ހެއްޔެވެ؟ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ކުރަން އެންގެވިކަންކަންކޮށް، ނުކުރަން އެންގެވި ކަންކަން ނުކޮށް އެކަންކަމާއި ދުރުހެލިވެ، ﷲ ތަޢާލާއަށް ޗުކުރުވެރިވެ އަދި ފުރިހަމަ ގޮތުގައި ވަކީލްކުރާބައަކަށްވަމާ ހެއްޔެވެ؟ އެއިރުން އަހަރެމެންގެ ހުރިހާ އެދުންތަކެއްވެސް ދާނީ ހަމަ ފުދެމުންނެވެ. އުފާވެރިކަންވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް