އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގަ ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔަވަން ޖެހޭތަ؟ އެއީ ކީއްވެ؟

ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގަ ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔަވަން ޖެހޭތަ؟ އެއީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 32 ސިކުންތު

ސުވާލު: ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމަކީ ގަދަވެގެންވާ ސުންނަތެއްތޯއެވެ؟

ޖަވާބު: 

ފުރަތަމަ ކަމަކަށް:

އާއެކެވެ! ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމީ މުސްތަޙައްބު ކަމެކެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން އެކަން ޞައްޙަކޮށް ޘާބިތުވެގެންވެއެވެ. 

فعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم ( قَرَأَ فِي رَكعَتَي الفَجرِقُلْ يَا أَيُّهَا الكَافِرُونَوقُلْ هُوَ اللَّهُ أَحَدٌ ” ) رواه مسلم (726) . 

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ގެ ކިބައިން ރިވާކުރެއްވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފަތިސް ނަމާދުގެ އިހު ސުންނަތުގައި "قُلْ يَا أَيُّهَا الكَافِرُونَއާއި قُلْ هُوَ اللَّهُ أَحَدٌކިޔަވައި ވިދާޅުވިއެވެ." 

عن ابن عمر رضي الله عنهما قال : ( رَمَقتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ عِشرِينَ مَرَّةً يَقرَأُ فَي الرَّكعَتَينِ بَعدَ المَغرِبِ ، وَفِي الرَّكعَتَينِ قَبلَ الفَجرِ : ” قُلْ يَا أَيُّهَا الكَافِرُونَ  وقُلْ هُوَ اللَّهُ أَحَدٌ ” ) رواه النسائي (992) وقال النووي فيالمجموع” (3/385) : إسناده جيد . وصححه الألباني فيالسلسلة الصحيحة” (3328) والشيخ أحمد شاكر في تحقيق المسند (8/89) . 

އަދި އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާ ވިދާޅުވި އެވެ. "މަޣްރިބު ނަމާދުގެ ފަހު ސުންނަތުގެ ދެރަކުޢަތުގައްޔާއި ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، قُلْ يَا أَيُّهَا الكَافِرُونَ  އާއި ” قُلْ هُوَ اللَّهُ أَحَدٌކިޔަވައި ވިދާޅުވަނިކޮށް، އަހުރެން ވިހި ފަހަރު ދުށީމެވެ." 

އަލްމުބާރަކްފޫރީ “ތުޙްފަތުލް އަޙްވަޛީ” ގައި ވިދާޅުވެފައި ވެއެވެ. (2/418): 

"އާދޭހެވެ. އެ ދެސޫރަތުގެ ތެރެއިން ފުރަތަމަ ރަކުޢަތުގައި ” قُلْ يَا أَيُّهَا الكَافِرُونَއަދި ދެވަނަ ރަކުޢަތުގައި قُلْ هُوَ اللَّهُ أَحَدٌއެވެ." 

މިޙަދީޘްތަކުގައި އައިސްފައިވާ ފަދައިން މި ދެ ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމީ ގަދަވެގެންވާ ސުންނަތެއް (މުސްތަޙައްބު ކަމެއް) ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. 

ބައްލަވާ: المغني” (1/435) ، "مغني المحتاج” (1/464) ، الفتاوى الفقهية الكبرى" (1/192) ، الموسوعة الفقهية (27/159) . 

ދެވަނަ ކަމަކަށް: 

މި ދެ ސޫރަތް ކިޔެވުމުގެ ޙިކްމަތަކީ، ފަހެ މި ދެ ސޫރަތުގައި ވެސް އެކުލެވިގެންވަނީ ތަވްޙީދުގެ ތިން ވައްތަރުކަމުގައިވުމެވެ. 

އިޚްލާޞް ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުއް ރުބޫބިއްޔާއާއި ތައުޙީދުލް އަލްއަސްމާއު ވައްޞިފާތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އީ އެއްކައުވަންތަ އިލާހު ކަމާއި އެއިލާހަށް ދަރިކަލެއް ނުވަތަ ބަފައިކަލެއް ނުވަތަ މައިކަނބަލެއް އަދި އެއިލާހާ އެއްފަދަ އެހެންފަރާތެއް ލިބިގެން ނުވާކަން މިސޫރަތުން ޘާބިތުވެގެން ދެއެވެ. އަދި އެއީ “އައްޞަމަދު” ގެ ފުރިހަމަ ޞިފައިން ޞިފަލިބިވޮޑިގެންވާ، ހުރިހާ ފުރިހަމަ ޞިފަފުޅުތަކެއް ޖަމާވެގެންވާ އިލާހެވެ. 

އަދި ކާފިރޫން ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުލް  އުލޫހިއްޔާއެވެ. އެއީ ތައުޙީދުލް ޢިބާދަތެވެ. އަޅާ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމާއި، އެއިލާހުގެ އަޅުކަމުގައި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުން މި ސޫރަތުގައި އައިސްފައިވެއެވެ. 

ފަހެ މިސަބަބުތަކަށްޓަކައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދުވަސް ފައްޓަވަނީ މި ދެ ސޫރަތް، ފަތިސް ނަމާދުގެ އިހު ސުންނަތުގައި ކިޔަވާވިދާޅުވުމުންނެވެ. އަދި ދުވަސް ނިންމަވަނީވެސް މިދެ ސޫރަތް މަޣްރިބު ނަމާދު ސުންނަތުގައި ކިޔަވާވިދާޅުވަމުންނެވެ. އަދި  އެކަލޭގެފާނު ރޭގަނޑުގެ ވިތުރީގައިވެސް މި ދެ ސޫރަތް ކިޔަވައި ވިދާޅުވާ ކަމުގައި ސުންނަތުގައި އައިސްފައިވެއެވެ. ދުވާލުގެ ޢަމަލުތައް ނިންމަވާލެއްވީ މި ދެ ސޫރަތުން ކަމުގައިވާ ފަދައިން ރޭގަނޑުގެ ޢަމަލުތައް ވެސް ނިންމަވާލައްވަނީ މި ދެ ސޫރަތުންނެވެ.

- އިބްނުލް ޤައްޔިމް ” “بدائع الفوائد”.” (1/145-146) . 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

https://islamqa.info/ar/answers/8534

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް