އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަންކުރުމާ ފޫނެތް ޖާޑިއަށް ފެންފުރުން! ސަމާލުކަންދޭން ޖެހިފައިވާ އެންމެ މުހިންމު ކަންތައް!

އަޅުކަންކުރުމާ ފޫނެތް ޖާޑިއަށް ފެންފުރުން! ސަމާލުކަންދޭން ޖެހިފައިވާ އެންމެ މުހިންމު ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ކުރާ އަޅުކަމުގެ ޘަވާބު ނުލިބިދާނެ ކަމަށް ދެރަވެ ކަންބޮޑުނުވާށެވެ! އެމީހަކު ކުޅަ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްގެ ޘަވާބުވެސް އެމީހަކަށް ދެއްވަވާނެތެވެ! ޘަވާބު ގެއްލިގެންދަނީ ﷲ ތަޢާލާ ނުދެއްވަވާތީއެއް ނޫނެވެ! އެމީހަކު ކުރާ ފާފައިގެ ސަބަބުން ޘަވާބުން ލިބެން ޖެހޭ ފައިދާއިން އެމީހަކު މަޙްރޫމްވަނީއެވެ! އެއީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އެމީހަކަށް ޘަވާބު ނުދެއްވަވާތީއެއް ނޫނެވެ! 

މިކަން އެނގިގެންދަނީ އެމީހަކު ކުޅަ ހެޔޮ ޢަމަލުތައް، ބޮޑެތި އިސްފަރުބަދަތަކާއި އެއްވަރުގައި ހިފައިގެން ޤިޔާމަތްދުވަހު މަޙްޝަރުގެ މައިދާނަށް މީސްތަކުން ދާނެތީއެވެ. ނަމަވެސް އެމީހަކު ބަދަލުދޭން ޖެހޭ މީހުންނަށް ބަދަލުދިނުމުން ހެޔޮ ޢަމަލުތައް ހުސްވެ މުފްލިސަކަށްވެގެންދާތީއެވެ! އަދި ބަދަލުދޭނެ ހެޔޮ ޢަމަލެއް ނެތުމުން އެހެން މީހުން ކޮށްފައިވާ ފާފަތައް ކޮނޑުގައި އަޅައި ނަރަކައަށް ވަންނަން ޖެހޭނެ މީހުން ތބޭނެތީއެވެ! 

ވީމާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އެމީހެއްގެ އަތުގައި ހިފެހެއްޓުން އޮތީ އެމީހަކަށެވެ! އެއީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ. އެއްވެސް މީހަކާއިމެދު ނުޙައްޤުން އެއްވެސް ކަމެއް ކުރެވިފައިވާނަމަ، އެއްވެސް މީހަކަށް އަނިޔާވެރިވެވިފައިވާނަމަ، އެންމެ ކުޑަމިނުން މީހަކާއިމެދު ޙައްްުނޫން ބަހެއް ބުނެވިފައިވާނަމަވެސް އެމީހެއްގެ ކިބއިން ދުނިޔޭގައި މައާފް ހޯދުމަށާއި އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަން ދީނުގައި އޮތީ އެ ސަބަބަށްޓަކައެވެ. 

ހިތާމައަކީ އެންމެ ދަތިޙާލުގައިވާ މުފްލިސަކަށް ނުވުމަށް ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅު އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ހަނދުމަ ނުކުރެވޭކަމެވެ. ނުހަނު ބުރަ މަސައްކަތުން އަޅުކަންކުރާއިރު އެ މަސައްކަތަކީ "ފޫނެތް ޖާޑިއަކަށް ފެން އެޅުން" ފަދަ ކަމެއްގެ ގޮތުގައި ކުރަމުން ގެންދެވޭ ކަމެވެ. ފެންއަޅާނަމަ އަޅަންވާނީ ޖާޑީގައި ފެންހަރުލާގޮތަށެވެ. ޖާޑީގައި ފެން ހަރުލާފައި ހުންނާނީ އެއިރުންނެވެ. ކުރާ އަޅުކަން އަތުން ބީވެގެންދާ ގޮތަށް އަޅުކަން ކުރުމުން ޤިޔާމަތް ދުވަހު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

"ﷲ، (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ޘަވާބް) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ." (އައްނިސާ: 40)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް