އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަދަލުގެގޮތުގައި މެލޭޝިއާގެ ކުންފުންޏަކަށް 7 ދުވަސް ތެރޭގައި 22 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ!

ބަދަލުގެގޮތުގައި މެލޭޝިއާގެ ކުންފުންޏަކަށް 7 ދުވަސް ތެރޭގައި 22 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި 25 ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި 7 ދުވަސް ތެރޭގައި 22 މިލިއަން ޑޮލަރު ދެއްކުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އަމުރުކޮށްފިއެވެ.

25 ބުރީގެއިމާރާތެއްގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ ބަދަލުހޯދުމަށް އާބިޓްރޭޝަނަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އާބިޓްރޭޝަނުން މި މައްސަލަ ނިންމީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި މި ފައިސާ 7 ދުވަސް ތެރޭގައި ދައްކަން ވެސް އެޗްޑީސީ އަށް ވަނީ އަންގައިފަ އެވެ. 

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ މިއޮފީސް އިމާރާތް އެޅުމުގެ މަސައްކަތް 123 މިލިއަން ޑޮލަރަށް ޑަބްލިއުޒެޑްއާރު ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. 

އެހެންނަމަވެސް ރައީސް ސާލިހް ގެ ސަރުކާރުން މިމަޝްރޫއު ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އޭރުވަނީ މި ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައެވެ. އަދި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ މަޝްވަރާކޮށް އާބިޓްރޭޝަނުން ބޭރުން ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު