އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިކަމާ އަތްމަތި ދަތިވުން މިންވަރުކުރައްވަވަނީ ހުސްއަތާ ﷲ ގެ ޙަޟްރަތަށް ދާ މީހަކު ކަމުގައި ނުލެއްވެވުމަށް!: މުފްތީ މެންކް

ހިތްދަތިކަމާ އަތްމަތި ދަތިވުން މިންވަރުކުރައްވަވަނީ ހުސްއަތާ ﷲ ގެ ޙަޟްރަތަށް ދާ މީހަކު ކަމުގައި ނުލެއްވެވުމަށް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

މީހަކަށް 1 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ ދެން އެދޭނީ 2 މިލިއަނަށެވެ. 2 މިލިއަން ލިބުމުން އެދޭނީ 3 މިލިއަނަށެވެ. 4 ވަނަ މިލިއަނަށް އެދިގެން ތެޅިފޮޅެމުންދަނިކޮށް މަލަކުލްމައުތު ވަޑައިގެން ފުރާނަ އެބަ ގެންދަވައެވެ. ލިބުނު 3 މިލިއަން ވެސް ދޫކޮށްލައި ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހެނީ ހުސްއަތާއެވެ! ލިބުނު 3 މިލިއަން ޑޮލަރުން އެއްވެސް ފައިދާއެއް ނުކުރާ ޙާލުގައެވެ. ލިބުނު ފައިސާތަކުން އާޚިރަތަށްޓަކައި އެއްވެސް ކަމެއް ނުކުރެވިހުރުމުންނެވެ.

އަދި ކީއްހެއްޔެވެ؟ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެންދަނީ ފައިސާ އިތުރުކުރަން ކުރާ މަސައްކަތުގައި އަވަދިނެތި އުޅެން ހަދައިގެން އަދާކުރަންޖެހޭ ފަރުޟުތައްވެސް އަދާނުކުރެވި ހުރުމުންނެވެ. އެއިރުން އެވާގޮތަކީ ދެއްވެވި ތަނަވަސްކަމުން ބައެއް ނުގެންދެވޭތަނުގައި ހެޔޮ ޢަމަލެއްވެސް ނުގެންދެވެނީއެވެ. ހަމަ ހުރިހާ ގޮތަކުން ހުސްއަތާ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭ މީހަކުކަމުގައިވެވެނީއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ކަންކަން ދަތިކުރައްވަވަނީ މިފަދަ މީހަކަށް ވުމަށް ދޫކޮށް ނުލައްވަވަންވެގެންނެވެ. ބައެއް ފަހަރު ޞިއްޙީ މައްސަލަތައްވެސް ކުރިމަތިކުރައްވަވަނީ ޞިއްހަތު ސަލާމަތުން ހުންނައިރު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވާތީއެވެ. ހިތާމައާއި ހިތްދަތިކަން ކުރިމަތިކުރައްވަވަނީވެސް އުފަލުގައި ހުންނައިރު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވާތީއެވެ.

ވީމާ ތިމާއަށް ދަތި އުނދަގޫ، ނުވަތަ ހިތްދަތި ކޮންމެ ކަމެއް މެދުވެރިވުމުން ތިމާ ދެކެ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވަނީ ކަމަށް ހީނުކުރާށެވެ! އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަހަރެމެން ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް މަސައްކަތްކުރުމެވެ. ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އެ މަސައްކަތްކުރިއަށްވުރެ އިތުރުކުރުމެވެ! 

ﷲ ތަޢާލާގެ ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުން ނުވާނަމަ ގިނަ ބައަކަށް އޮންނަނީ ﷲ ތަޢާލާ ހަނދުމަކޮށް ދުޢާކުރުމާއި ދުރުހެލިވެވިފައެވެ. ވީމާ ﷲ ތަޢާލާ ކަންކަން ރާއްވަވާފައިވަނީ ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދި ދަންނަވަން ޖެހޭ ގޮތަށެވެ. އެއީ އަހަރެމެންނަށް ރަޙްމަތަކަށްޓަކައެވެ. 

"ޔާ ﷲ! އަލަމެން އެންމެންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަދި ނަރަކައިން ސަލާމަތްވުމަށް މަސައްކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެން އެންމެން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!" އާމީން

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް