އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް، އެއަށް ފުރައްސާރަކުރި ބްރެޒިލްގެ ރައީސް އަތުލައިގެންފި!

ކޮރޯނާ ވައިރަސް، އެއަށް ފުރައްސާރަކުރި ބްރެޒިލްގެ ރައީސް އަތުލައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ކޮރޯނާ ވައިރަސްއަށް ފުރައްސާރަކޮށް، ޑަބްލިޔޫއެޗްއޯގެ އެންގުންތަކަށް ގޮނަޖަހަމުން އައި ބްރެޒިލްގެ ރައީސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ދުވަހު ހުން ގަދަވުމުން ކުރި ޓެސްޓުންނެވެ.

އުމުރުން 65 އަހަރުގެ ބޮލްސޮނާރޯ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު ބްރެޒިލް އަކީ އެމެރިކާ ފިޔަވައި ކޮރޯނާގެ ޙާލަތު އެންމެ ގޯސްކޮށް އޮތް ޤައުމެވެ. ބްރެޒިލްގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 1.6 މިލިއަނަށްވުރެ އިތުރުވެފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 66،000 އަސްވުރެ އިތުރުވެފައެވެ. 

ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ ކަންކަން ކުރަން ނުޖެހޭނެ ކަމަށް ބުނަމުން އައި ރައީސް މާސްކް އަޅައިގެން އުޅޭ މަންޒަރު މިހާރުދަނީ ފެންނަމުންނެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް