އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަލީ ވަޙީދަށް ފިޔަވަޅު އެޅުއްވި ބާރުމިނުގަ ﷲ އަށް ފުރައްސާރަކޮށް ދީނުން ބޭރުވާ މީހުންނާމެދުވެސް ފިޔަވަޅު އަޅުއްވައި ދެއްވާ!

ޢަލީ ވަޙީދަށް ފިޔަވަޅު އެޅުއްވި ބާރުމިނުގަ ﷲ އަށް ފުރައްސާރަކޮށް ދީނުން ބޭރުވާ މީހުންނާމެދުވެސް ފިޔަވަޅު އަޅުއްވައި ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ) އަށް އަދި އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހައި ފުރައްސާރަކުރުމަކީ ރޭޕްކުރުމަށްވުރެ ނުބައި ކަމެއްކަމަށްވާއިރު އެންމެ ބޮޑު އިސްކަމެއް އެކަންކަން ޙިމާޔަތްކުރުމަށް ދެއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބަރާހީމް މުޙައްމަދު ޞާލިޙްއަށް ގިނަބައަކު ގެންދަނީ ގޮވާލަމުންނެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި ތޮއްޑޫ ޢަލީ ވަޙީދަށް ފިޔަވަޅު އެޅުއްވި ބާރުމިނުގައި ﷲ އަށް ފުރައްސާރަކޮށް ރާއްޖޭގައި އިސްލާމް ދީނުން ބޭރުވާ މީހުންނާއި މެދުވެސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ގިނަ ބައަކު ގެންދަނީ ގޮވާލަމުންނެވެ. 

މިދިއަ އަހަރު ޝައިޠޯނީ ވަސްވާސް ނެރުނު އެމްޑީއެންގެ ޝައިޠޯނީ އެޖެންޓުންނާއިމެދު އަދި މިހައިތަނަށްވެސް އެއްވެސް ފިޔަވަޅެއް ނުއެޅިވަނިކޮށް އުތެމަގެ ނަމުގައި ޝައިޠޯނުންތަކެއް ހަމަ އެފަދަ ނުބައި ޝައިޠޯނީ ޢަމަލެއް ހިންގުމުން ވެސް އަދި މިހައިތަނަށް ވެސް އެއްވެސް ފިޔަވަޅެއް ނުއެޅޭކަން ގިނަބައަކު ފާހަގަކުރަމުން ގެންދާއިރު އަމިއްލަ ފަރާތަކުން އެ މައްސަލަ ފުލުސް އޮފީހަށް ވެއްދުމުން ވެސް އަދި މިހައިތަނަށް އެ މައްސަލަ ބަލަން ފުލުސް އޮފީހުން ކުރި އެއްވެސް ކަމެއް މައްސަލަ ހުށަހެޅި ފަރާތަށް އެނގިފައިނުވާކަންވެސް ފާހަގަކުރެވެއެވެ. 

އުތެމަ ޖަމިއްޔާގެ ޝައިޠޯނީ ޢަމަލުކުށްވެރިކޮށް ސަލަފް ޖަމިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާން!:

ދިވެހިރާއްޖެއިން އިސްލާމްދީން ފުހެލުމަށް ކުރެވޭ މަސައްކަތްތަކަށް އިންކާރުކޮށް، އުތެމަ އިން ނެރެފައިވާ ރިޕޯޓް ތަޙުޤީޤުކޮށް ފިޔަވަޅުއެޅުމަށް ގޮވާލާ ޖަމްޢިއްޔަތުއްސަލަފުން ނެރޭ ނޫސް ބަޔާން.

الحمد لله الذي هدانا للإسلام ، والصلاة والسلام على من حمل رسالة السلام وعلى آله وصحبه والذين اختارهم الله لخدمة دينه من بين الأنام .أما بعد!

ދަންނައެ، އަޅުގަނޑުމެން ދިވެހީންނަށް ލިބިފައިމިވާ އެންމެ އަގު ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނުގެ އަލިކަން ލިބުނުތާ އަށްސަތޭކަ އެތަކެއް އަހަރެއް ވެއްޖެއެވެ. މިދީނުގެ ފުރިހަމަކަމާއި، އޯގާތެރިކަމާއި އަދި ލުއިފަސޭހަކަން ކާބަފައިންނަށް ވިސްނި އިޙްސާސްކުރެވުނު ހިނދު، އެމީހުންގެ ދަރީންނާއި އަދި ދަރީންގެ ދަރީންނަށް މިދީން ފޯރުކޮށްދިނުމަކީ އެމީހުންގެ ވާޖިބެއްކަމަށް އެމީހުން ދެކެފައިވިއެވެ.

އެހެންކަމުން އިސްލާމްދީން މިދިވެހި ފަސްގަނޑުން ފިލައިދިޔަނުދީ، ބޭއްވުމަށްޓަކައި އެކި ދުވަސްވަރު، ކާބަފައިން ކޮށްފައިވާ ވަރުގަދަ ޖިހާދުތައް ތާރީޚުން ފެންނަން އެބައޮތެވެ. އިސްލާމްދީނަށްޓަކައި އެބޭކަލުން ޖާނާއި މާލުން ޤުރުބާންވެވަޑައިގެން އަޅުގަނޑުމެންނާ ހަމަޔަށް މިމަތިވެރި ދީންވަނީ ގެނެސްދެއްވާ ފައެވެ.

އަޅުގަނޑުމެންގެ ތެރޭގައިވާ އިޖްތިމާޢީ، އިޤްތިޞާދީ، އަދި އަޚްލާޤީ އެންމެހައި ހަމަޖެހުމުގެ އަޞްލަކީ އަޅުގަނޑުމެންގެ ދީނެވެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެހައި ހަމަނުޖެހުންތަކާއި އަދި ދެބަސްވުންތަކުގެ އަސާސަކީ އިސްލާމް ދީނާއި ބީރައްޓެހިވުމެވެ.

އިސްލާމްދީނުގެ މިބޮޑު ނިޢުމަތުގައި އަޅުގަނޑުމެން އުޅެމުންދާތަންދެކެން ދީނުގެ ޢަދާވަތްތެރިންނަށް ކެތްނުކުރެވޭނެކަން ޔަޤީނެވެ. އެމީހުންގެ ތެރޭގައި ހުރި އަޚްލާޤީ އަދި އިޖްތިމާޢީ ފަސާދަތައް އެހުރި މިންވަރުން؛ އެނޫން މީހުންގެ ތެރޭގައިވެސް ހުރުމަށް އެމީހުން އެދެތެވެ. އަޅުގަނޑުމެންގެ މިސަމާޙާތްތެރި އިސްލާމް ދީނާމެދު އެމީހުން ޙަސަދަވެރިވެއެވެ. އިސްލާމްދީން އަޅުގަނޑުމެންގެ ތެރެއިން ފޭކޮށްލުމަށް ރެއާއި ދުވާލު އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މާއްދީ ފައިދާތަކަށްޓައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެމީހުންނަށް މިކަންކަމުގައި އެހީތެރިވަމުންދާކަމީ ހިތާމަކުރަންޖެހޭ ޙަޤީޤަތެކެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ސިފައިގައްޔާއި ތަފާތު އެކިއެކި ސިފަސިފައިގައި، މިދިވެހި ފަސްގަނޑުން އިސްލާމްދީން ނައްތާލުމަށް އެމީހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދަނެ، ހުޝިޔާރުވެ ތިބެންޖެހެއެވެ.

”ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި؛ ރަސޫލާ صلى الله عليه وسلم ގެ އަބުރުފުޅަށް އަރައިގަނެ ދީނުގެ އަސާސްތަކަށް ފާޑުކިޔައި، އެމް.ޑީ.އެން ކިޔާ މަދަނީ ޖަމްޢިއްޔާއަކުންވަނީ ރިޕޯޓެއް ނެރެފައެވެ. އެ ނުބައި ޖަރީމާ ހިންގި ފަރާތްތަކާމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީސް، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ނަމުގައި އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ 'އުތެމަ' އިން އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ. ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ގެ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ ޙުކުމްތަކާއި އަދި އުޞޫލުތަކަށް ވަނީ ފާޑުކިޔާ މަލާމާތްކޮށްފައެވެ.

މިގޮތުން އެމް.ޑީ.އެން ގެ ލާދީނީ ރިޕޯޓަށް ތާއީދުކޮށް އިސްލާމްދީނުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުމްތަކާ ދެކޮޅުހަދައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން ދީނުގެ ޞައްޙަ މަޢުލޫމާތު އޮޅޭގޮތަށް، އުތެމަ ޖަމްޢިއްޔާގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށްވެސް އިސްލާމްދީނާ ޚިލާފު ދޮގު އެތައް ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. 

އިސްލާމްދީނުގެ ހައިބަތާ ކަރާމާތް ނަގާލައި އެދީނުގެ އަސާސްތަކަށް ގޮންޖަހައި، ﷲގެ ޙުކުމްފުޅުތަކަށް ފާޑުކިޔައި، އިސްލާމްދީނާ މީސްތަކުން ދުރުކުރުމަށް މަސައްކަތްކުރާ މިފަދަ ޖަމާޢަތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ޙައްޤު އަދަބު ނުދެވޭނަމަ މިފަދަ ކަންކަން މުޖުތަމަޢުގައި ތަކުރާރުވާނޭކަން ކަށަވަރެވެ. އަދި ފަސާދަ އިތުރުވެގެންދާނެއެވެ. 

ކަންމިހެންއޮތްއިރު، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން މަތިކޮށްފައިވާ ޒިއްމާ؛ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު އުފުއްލަވައި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި، އެމް.ޑީ.އެން އާއި އުތެމަ ޖަމިއްޔާގެ އިސްފަރާތްތައް އިންސާފުގެ ކުރިމައްޗަށްގެނެސް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެޖަރީމާތައް ހިންގިފަރާތްތަކަށް ލިބެންޖެހޭ ޙައްޤު އަދަބު ދިނުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަނދުމަކޮށްދީ، ތަންފީޛުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލަމެވެ.

07 ذوالقعدة  1441

28 ޖޫން 2020

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް