އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ ކޮންމެ ތަކްލީފަކީ ވެސް ސުވަރުގެ ވަނުމަށް ދެއްވެވި ޓިކެޓަކަށް ބަދަލުކުރެވިދާނެ މަގު މިއޮތީ!

ކުރިމަތިވާ ކޮންމެ ތަކްލީފަކީ ވެސް ސުވަރުގެ ވަނުމަށް ދެއްވެވި ޓިކެޓަކަށް ބަދަލުކުރެވިދާނެ މަގު މިއޮތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ތަކްލީފްތައް ކުރިމަތިވުމަކީ ތިބާ ސުވަރުގެ ވަނުމަށް ދެއްވެވި ޓިކެޓެއް ކަމަށް ޤަބޫލުކުރާށެވެ! އެހެނީ ﷲ ލޯބިވެވޮޑިގަންނަވާ އަޅުން އިމްތިޙާން ކުރެއްވެވުމަށް އެމީހުންނަށް ތަކްލީފްތައް އިތުރުކުރައްވަވަތެވެ! މިކިޔައިދެނީ ކޮންމެ ތަކްލީފަކީވެސް ސުވަރުގެ ވަނުމަށް ދެއްވެވި ޓިކެޓަކަށް ބަދަލުކުރަން މަސައްކަތްކުރަންވީ މަގެވެ. 

ޔޫނުސްގެފާނަށް ވިސްނާށެވެ! މަހުގެ ބަނޑުގައި ކަނޑުއަޑީގައި އެތައް އަހަރެއް ހޭދަކުރެއްވެވި މުއްދަތުގައި ލިބިވަޑައިގަންނަވާނެ ތަކްލީފްތަކާއި ހިތްދަތިކަން ހިތަށް ގެންނާށެވެ! އެ ޙާލުކޮޅުގައިވެސް ޔޫނުސްގެފާނު ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑުއްވަވައެއް ނުލައްވަވަތެވެ. އުންމީދާއި ޔަޤީންކަމާއިއެކު ގެންދެވީ ދުޢާކުރައްވަވަމުންނެވެ. 

ޔޫނުސްގެފާނުގެ ސާބިތުކަން ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާއަށް ކުރެއްވެވި އިތުބާރު ނިކަން ދެކިބަލާށެވެ! އެންމެ ފަހަރަކުވެސް މަހުގެ ބަނޑުން ސަލާމަތްކޮށްދެއްވެވުން އެދި ދަންނަވާފައެއް ނުވެއެވެ. ދުޢާކުރައްވަވަމުން ގެންދެވީ މިފަދައިންނެވެ.

"އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.: (އަލްއަންބިޔާ: 87)

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާ އެ ބޮޑު މުޞީބާތުން ޔޫނުސްގެފާނު ސަލާމަތްކުރައްވަވައި ދެއްވެވިއެވެ. އަދި ޔޫޏުސްގެފާނުގެ ދަރަޖަ ކުރިއަށްވުރެ މަތިވެރިކުރައްވަވައި ދެއްވެވިއެވެ. މިކަމުން އެނގިގެން މިދަނީ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާއަށް ވަކީލުކޮށް އިތުބާރުކުރާމީހާ އެކަމުން ސަލާމަތްކުރައްވަވައި ދެއްވްވަވާނެ ކަމެވެ. އަދި ކެތްތެރިވުމުގެ ޖަޒާއެއްގެ ގޮތުން އެމީހަކަށް ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެކަމެވެ. 

ޔޫނުސްގެފާނު ކުރެއްވެވި މިދުޢާ ވެފައިވަނީ މުޞީބާތުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އެންމެ ބާރުގަދަ އެއް ދުޢާކަމަށެވެ! ވީމާ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ށާބިތުވެ މިފަދަ މޭރުމުން ދުޢާކުރުމުގައި ސާބިތުވާށެވެ! ﷲ ތަޢާލާ އެކަމެއް އުފާވެރިކަމަކަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް