އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބޮޑު ތަކްލީފެއް ލިބިގެންވީނަމަވެސް މަރުވުން އެދި ދުޢާކޮށްގެން ނުވާނެ! - ދުޢާކުރަންވީ ގޮތް ޙަދީޘުން!

ކިތަންމެ ބޮޑު ތަކްލީފެއް ލިބިގެންވީނަމަވެސް މަރުވުން އެދި ދުޢާކޮށްގެން ނުވާނެ! - ދުޢާކުރަންވީ ގޮތް ޙަދީޘުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ކޮންމެ މީހަކަށްވެސް ކަންތައްތައް ކުރިމަތި ކުރައްވަވާނީ އެމީހަކަށް ކުރިމަތިލެވޭނެ މިންވަރަށެވެ. އެމީހަކަށް ކަންކަމާއި ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ކަންކަން ކުރިމަތިކުރައްވަވާ ﷲ ތަޢާލާއެވެ. އެމީހަކަށް އެމީހާގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރު ނުއެނގި ހިނގައިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. 

ވީމާ ތިމާގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކަންކަން މާގިނަވެއްޖެ ކަމަށް ހީވެސް ނުކުރާށެވެ. ހަމައެއާއިއެކު ކުރިމަތިވެފައިވަނީ މާދަތި ނުވަތަ ކެތްތެރި ނުވެވޭނެ ކަންކަން ކަމަށްވެސް ހީނުކުރާށެވެ! ކެތްތެރިވާން މަސައްކަތްކުރުމުން ﷲ ތަޢާލާ އެމީހަކަށް ކެތްތެރިކަން ދެއްވަވާނެތެވެ! 

އެކަން އެނގިގެންދަނީ ބައްޔަށް ކެތްތެރިވެވަޑައިގަންނަވަން ދަތިފުޅުވި ޞަޙާބީއަކު އަވަހާރަވުން އެދިވަޑައިގެން ދުޢާކުރެއްވެވުން ރަސޫލް (ޞޢވ) މަނާކުރެއްވެވީތީއެވެ! އަދި މަރުވުން އެދި ދުޢާ ނުކުރަން ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވާތީއެވެ.

It was narrated from Anas ibn Maalik (may Allaah be pleased with him) that the Prophet (peace and blessings of Allaah be upon him) said: 

“No one of you should wish for death because of some harm that has befallen him, but if he must do that then let him say: ‘O Allaah, keep me alive so long as life is good for me, and cause me to die when death is good for me.’” Agreed upon.  

ވީމާ ކުރިމަތިވެފައިވާ ޙާލަތެއްގެ ސަބަބުން މަރުވުން އެދި އެއްވެސް މީހަކު ދުޢާކޮށްގެން ނުވާނެއެވެ! ދުޢާކުރަންވީ މިފަދައިންނެވެ! "ޔާ ﷲ! ދިރިހުރުމަކީ މިއަޅާއަށް އޮތް ރަނގަޅެއް ކަމުގައިވާހައި ހިނދަކު މިއަޅާއަށް ދިރުން ދެއްވަވާނދޭވެ! (ދިރި ދުނިޔޭގައި ލަހައްޓަވާނދޭވެ! އަދި މަރުވުމަކީ މިއަޅާއަށް ރަނގަޅު ގޮތް ކަމުގައިވާނަމަ މިއަޅާގެ ފުރާނަ ގެންދަވާނދޭވެ!" މިފަދައިންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް