އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންވެސް ތެދުވެ މަސައްކަތްކުރުމަށް އިމާމް ގޮވާލައްވައިފި!

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންވެސް ތެދުވެ މަސައްކަތްކުރުމަށް އިމާމް ގޮވާލައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މުސްލިމް އަޚުންނޭވެ! اللهގެ ނިޢުމަތްތަކަކީ ގުނައި ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އޭގެ ތެރޭގައި ފެންނަ ނިޢުމަތްތަކަކާއި، ނުފެންނަ ނިޢުމަތްތަކެއް ވެއެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. (وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ)   މާނައީ: "الله ގެ  ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާ އަކީ، އަނިޔާވެރިވުން ބޮޑު،ޝުކުރު ކުރުން ނެތްމީހެކެވެ." 

މުސްލިމް އަޚުންނޭވެ! މާތް الله އަޅުގަނޑުމެންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ކަމުގެ ނިޢުމަތެވެ. މީގެ ނުވަސަތޭކަ އަހަރު ކުރިން މާތް الله މިވަނީ އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައެވެ. އެދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑު މިވަނީ ސައްތައިން ސައްތަ ޠާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައެވެ. މާތް الله މި ދެއްވި ނިޢުމަތަށް އަޅުގަނޑުމެން ޝުކުރު ކުރަން ޖެހޭނެ އެވެ. މިކަމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެމީހުންގެ ނަފްސުތަކުން ޤުރްބާންތަކެއް ވެފައެވެ. އެމީހުން ވަނީ މި ދީން ރައްކައުތެރިކަމާ އެކު އަޅުގަނޑުމެންނާ ހަމައަށް ވާޞިލުކޮށްދީފައެވެ. އެހެންކަމުން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޛިއްމާއެކެވެ. 

މުސްލިމް އަޚުންނޭވެ! ވަޠަނުގެ އަމްނު އަމާންކަމަކީ ވެސް މާތް الله ދެއްވާފައިވާ ނިޢުމަތެކެވެ. އަޅުގަނޑުމެންނަށް ލިބެމުންދާ ކުރިއެރުމާއި، ތަރައްޤީގެ އަސާސަކީ މިއަދު އަޅުގަނޑުމެންގެ ޤައުމުގައި މިއޮތް އަމްނާއި، އަމާންކަމެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގެ މުއްސަނދިކަމާއި، ކެރިފޯރުންތެރިކަން ހެޔޮގޮތުގައި ބޭނުން ކުރެވެމުން ދަނީ އަމާންކަމާއި، ޞުލްޙަވެރިކަމުގެ ސަބަބުންނެވެ. މިކަންކަން ދަމަހައްޓަވާ ދެއްވާތޯ އަޅުގަނޑުމެން މާތް الله އަށް ޝުކްރު ދަންނަވަން ޖެހޭނެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް