އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައްވަޅުގެ ޢަޛާބަށް ބިރުވެތިވޭ! އެބޭކަލަކު އަވަހާރަވުމުން ޢަރުޝިކޮޅަށް ލޮޅުން އެރި ޞަހާބީވެސް ބިންގަނޑު ފިއްތައިލި!

ކައްވަޅުގެ ޢަޛާބަށް ބިރުވެތިވޭ! އެބޭކަލަކު އަވަހާރަވުމުން ޢަރުޝިކޮޅަށް ލޮޅުން އެރި ޞަހާބީވެސް ބިންގަނޑު ފިއްތައިލި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ދުނިޔެ ހޯދަން ތެޅިމަރުވަނީ އެކަމުން ކޮން އުފަލެއް ލިބޭނެ ކަމަށްހެއްޔެވެ؟ "މަރުވެ ކައްވަޅުގައި ވަޅުލެވުމުން ބިންގަނޑު ތިމާ ފިތްތައިލާ ފުރަތަމަ ފިއްތައިލުމާއިއެކު ތިބާޢަށް ދުނިޔެއިން ލިބުނު ހުރިހާ އުފާވެރިކަމެއް ހަނދުމަނެތިގެންދާނެއެވެ." (އިމާމް ޝާފިޢީ) 

ވަޅުލެވުމުން ބިންގަނޑު، އެމީހެއްގެ މަސްގަނޑު ފިއްތައިލާނެއެވެ. ހަމަ ކޮންމެ މީހަކަށްވެސް އެކަން ކުރިމަތިވާނެއެވެ. އެމީހާގެ ޢަމަލުތަކުގެ ސަބަބުން ފިތައްލެވޭ ޢަދަދު ތަފާތުވެދާނެއެވެ. ނަމަވެސް މިއީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ކަމެއްކަން ޙަދީޘްފުޅުން އޮތީ އެނގޭށެވެ! އަދި ބައެއް ރިވާޔަތްތަކުގައިވަނީ އެއްވެސް މީހެއްގެ ހަށިގަނޑު ފިއްތައިނުލާނެ ނަމަ ސާދުގެފާނުގެ ހަށިކޮޅު ފިތައިނުލީސްކަމަށެވެ. 

(If anyone were to be saved from the squeezing of the grave, Sa’d bin Mu‘adh would have been saved from it.) [Imâm-i Ahmad]

Al-Bukhaari (3803) and Muslim (2466) narrated from Jaabir (may Allah be pleased with him): I heard the Prophet (blessings and peace of Allah be upon him) say: “The Throne shook at the death of Sa‘d ibn Mu‘aadh.” 

ފިއްތައިލެވެނީ ކިހައިވަރަކަށްކަން އެނގޭ ހެއްޔެވެ؟ މޭމަތީގެ ކަށިތައް އެއްފަރާތުން އަނެއް ފަރާތަށް ނުކުންނަވަރަށެވެ! އެކަމުގެ ތަދު އިޙްޞާޞްވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!

ސާދު ބިން މުޢާޛްގެފާނަކީ ޞަޙާބީންގެ ތެރެއިން އަރައިހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވުމުން ޢަރުޝިކޮޅަށް ލޮޅުން އެރިއެވެ. ސަބަބެއް ކަމަށް ބައެއް ރިވާޔަތްތަކުގައިވަނީ އެކަން އެގޮތަށް މެދުވެރިގެންދިއައީ އެކަލޭގެފާނާއި ﷲ ތަޢާލާ ބައްދަލަކުރައްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރު ބޮޑުވުމުން ކަމަށެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.) 

މީގެ އިތުރުންވެސް ޙަދީޘްފުޅުގައި ވަނީ ސާދު ބިން މުޢާޛްގެފާނު އަވަހާރަވުމުން ކައްވަޅަށް ހަށިކޮޅު އުފުއްލެވީ ވެސް މަލާއިކަތުން ކަމަށެވެ. މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވީ އެކަލޭގެފާނަކީ ހަށިކޮޅު ބިޔަ ބޭކަލަކަށްވެފައި ހަށިކޮޅު އުފުއްލެވި ޞަޙާބީންނަށް ހަށިކޮޅުން އެއްވެސް ބުރަދަނެއް ނުކުރެއްވެވުވުމުން އެކަން ހިނގިގޮތް ބަޔާންކުރައްވަވައި ދެއްވެވުމަށެވެ. 

ވީމާ ނިކަން ވިސްނައިލަބަލާށެވެ! އެފަދަ މަތިވެރިކަން ލިބިވަޑައިގެން ހުންނެވި ބޭކަލެއްގެ ހަށިކޮޅުވެސް ބިންގަނޑު އެވަނީ ފިއްތާލައިފައެވެ! އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެއިން ކިތަންމެ ބައިވަރު އުފާތަކެއް ޙާޞިލުކުރެވުނު ނަމަވެސް އެއިން ކޮންމެ ކަމަކީ މަރުވުމުން ތިމާއަށް ގެއްލިގެންދާނެ ކަންކަމެވެ. ކުރިމަތިލާން ޖެހޭނީ ކައްވަޅުގެ ޢަޛާބާއިއެވެ. ޤިޔާމަތް ދުވަހުގެ ޙިސާބު ބެއްލެވުމާއިއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް