އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލުކުރުން ގިނަކުރާށެވެ!: މުފްތީ މެންކް

ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލުކުރުން ގިނަކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މީސްތަކުން ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިބިހައި ހިނދަކު އެބައެއްގެ މައްޗަށް ﷲ ތަޢާލާ ޢަޛާބު ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އަދި އެމީހަކު ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުއްޓައި އެމީހާގެ މައްޗަށް ޢަޛާބް ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރުމެއް ވެސް ނެތެވެ! 

އެހެނީ ގިނަ ބައެއްގެ ޢަމަލުތައް ނުބައިވުމުގެ ސަބަބުން ﷲ ތަޢާލާ ޢަޛާބެއް ފޮނުއްވެވުމުން އެ ޢަޛާބުގެ ސަބަބުން މުއުމިނަކަށް ގެއްލުމެއް ލިބުނު ނަމަވެސް އެމީހަކަށް އެކަންވާނީ ލެއްވެވި ރަޙްމަތަކަށެވެ. 

މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރިމަތިވުމުން ވެސް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރަންވީ އެއީ ޢަޛާބަކަށްވެގެން އެކަމަށް ބިރަކުން ނޫނެވެ. ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރަންވީ އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލުކަމުގައިވާތީއެވެ! ހަމައެއާއިއެކު ގިނަގިނައިން ތައުބާވުމަކީ އެމީހެއްގެ މައްޗަށް ރަހްމަތް ލައްވަވާ ކަމަކަށްވާތީއެވެ! 

ވީމާ ތިމާއަށް ކޮންމެ ފަދަ ދަތިކަމެއް ކުރިމަތިވެފައި އޮތް ނަމަވެސް އަދި އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނެތް ނަމަވެސް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައެވެ. 

ބުއްދިވެރިންނަކީ ފުރުޞަތު އަތުން ގެއްލިގެން ނުދަނީސް ފުރުޞަތުގެ ބޭނުންހިފާ މީހުންނެވެ. ވީމާ ތައުބާވުމުގެ ފުރުޞަތު އޮއްވައި، އެ ފުރުޞަތު އަތުން ގެއްލިގެން ނުދަނީ އެ ފުރުޞަތުގެ ބޭނުން ހިފާށެވެ! ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވާށެވެ! ކުރިން މިބުނި ފަދައިން އެކަމަށް ކުރަންއޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުމެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް