އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހަކު އެދޭ ބީދައަކުން ﷲ އެމީހަކާއެކު ވޮޑިގެންވާނެ!

އެމީހަކު އެދޭ ބީދައަކުން ﷲ އެމީހަކާއެކު ވޮޑިގެންވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ޤުދްސިއްޔަ ޙަދީޘްފުޅޫން އެނެގެން އޮތީ އެމީހަކު އެދޭ ބީދައަކުން އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެ ކަމެވެ. ވީމާ އެކަމުގައި އޮތީ މީސްތަކުންގެ އިޚްލާޞްތެރިކަން ހުރި މިންވަރެކެވެ. 

މި ޙަދީޘްފުޅުން އެނގެނީ އެމީހަކު އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވާނެ ކަމަށް އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެ ކަމެވެ. އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް ޤަބޫލުކުރާ މީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ ކަމެވެ. ކަމަކުން ސަލާމަތްކޮށްދެއްވެވުމަށް އެދޭމީހާ ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމެވެ. 

އިޚްލާޞްތެރިކަން ކުރިއަށް ނެރެންޖެހޭ ސަބަބަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދޭމީހާ، އެންމެ ފުރަތަމަ ކަމަކަށް އެމީހާ ﷲ ތަޢާލާއަށް އިޚްލާޞްތެރިވާންޖެހޭނެތީއެވެ. އެމީހާގެ ނިޔަތާއި ޢަމަލުތަކުން ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން ހާމަކުރަން ޖެހޭނެތީއެވެ. ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެތީއެވެ! 

ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ދީލަތިވަންތަކަމަށް އެދޭމީހާ އެކަން ޔަޤީންކޮށްގެން އެކަންކަން ޙާޞިލުކުރަން މަސައްކަތްކުރާށެވެ! ބޭނުންވާ ކަންކަމުގައި ﷲ ތަޢާލާއަށް، އެކަން ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ދަންނަވަމުން ގެންދާށެވެ! އެމީހާގެ އެދުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

އެންމެ ގިނަ ބައަކު ޝައްކުކުރާ އެއްކަމަކީ އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުމެވެ. ނަމަވެސް އެންމެ ޔަޤީންކަން ބޮޑު ކަމަކީ އެއީއެވެ. މިބުނި ބަހުގެ ދަލީލު ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެއޮތީ ފެންނާށެވެ! 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެެވެ." (އައްޒުމަރު: 53)

- އުސްތާޛް މުޙައްމަދު ބާޖައުރ ގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް