އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށްވާ އަހުދުގަ ސާބިތުނުވުމުން ދުނިޔޭގަވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެކަން ޤުރްއާނުން!

ﷲ އަށްވާ އަހުދުގަ ސާބިތުނުވުމުން ދުނިޔޭގަވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެކަން ޤުރްއާނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

"އެއުރެންގެ މައްޗަށް މި ޢަޛާބް އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ މޫސާ ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިމަންމެންނަށްޓަކައި، ދުޢާ ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ ޢަހްދު ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި ޢަޛާބް ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން އީމާންވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލްގެދަރިން ފޮނުވާހުށީމެވެ." (އަލްއައްރާފް: 134)

"ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ ޢަޛާބް ފިއްލެވިހިނދު، އެހާރުން ޢަހްދު އުވާލާ ބައަކު ކަމުގައި އެއުރެން ވޫއެވެ." 

(އަލްއައްރާފް: 135)

"ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެއަށް އެއުރެން ޣަރަޤް ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އާޔަތް ތައް އެއުރެން ދޮގުކޮށް، އެ އާޔަތްތަކާމެދު ޣާފިލު ވީ ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 136) 

މި 3 އާޔަތުގައި މިވަނީ މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ކަންކަން މެދުވެރިކުރެއްވެވި ގޮތެވެ! ނިޢްމަތަށް ޝުކުރުނުކޮށް ކާފިރުވުމުން ބަދަލު ހިއްޕެވި ގޮތުގެ ވާހަކައެވެ. މިއީ ހަމަ މިހާރުވެސް ކަންކަން ހިނގާނެ މަގެވެ! 

ކަސްތޮޅު އެޅި ބަނދެވުމުން ނުވަތަ އެއްވެސް މުޞިބާތެއް ކުރިމަތިވާއިރަށް ދެއަތް އުފުލައި އެބަދުޢާކުރަމުއެވެ! އެކަމަކުން މިންޖުކޮށްދެއްވަވާއިރަށް ފެނިގެންމިދަނީ ކުރިއަށްވުރެވެސް ބޮޑަށް އުރެދޭތަނެވެ! އެހެންކަމުން ބިރުވެތިވާންވީ އަހުދުގައި ސާބިތު ނުވުމުން ދެއްވަވާނެ ޢަޛާބަށެވެ! 

ﷲ ތަޢާލާ މޫސާގެފާނުގެ ޤައުމުގެ މީހުން ޣަރަޤްކުރެއްވެވީއެވެ. ފިރުއަޢުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވެވީއެވެ. މިއަދު އަހަރެމެން އެންމެން އެކުގައި ކަނޑަށް ޣަރަޤު ނުކުރައްވަވައިވެސްފާނެއެވެ. އަދި ޣަރަޤުކުރައްވަވައިވެސްފާނެއެވެ. ކަނޑުގެ ލޮނުގަނޑު މިދަނީ އުފުލެމުންނެވެ. އަޑިއަށްދާނީ ކިތައް ޤައުމުކަން ކިތައް މލިއަން މީހުންކަމެއް އެމުޞީބާތުން ސަލާމަތްކުރައްވަވާނީ ކިތައް މީހުން ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ 

މިހިރީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައި ފިކުރުކޮށްލުން މުހިންމު ކަންކަމެވެ! އިސްލާމްވުމަށްފަހު އިސްލާމް ދީނަށް ޢަމަލުނުކުރުމާއި އިސްލާމުންގެ ގޮތުގައި ދުނިޔެއަށް އުފަންވެ، ތިމަންމެންނަކީ މުސްލިމުން ކަމަށް ބުނަމުން އިސްލާމް ދީނަށް ޢަމަލު ނުކުރުމާއި މިހިރަ މިހިރަ ކަންކަމަކީ ހަމަ ސީދާ ﷲ ތަޢާލާއަށް އޮތް އަހުދު އުވައިލުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ޢަމަލު ނުކުރުމާއި ޙައްދުތައް ޤާއިމު ނުކުރުމަކީވެސް ﷲ ތައާލާއަށް އޮތް އަހުދު އުވައިލުމެވެ. 

ވީމާ ކޮންމެ މީހަކުވެސް ކޮންމެ ކަމެއް ކުރިނަމަވެސް އެކަން މިކުރެވެނީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށްކަން ޔަޤީންކުރާށެވެ! ﷲ ތައާލާ ނަހީކުރައްވަވާފައިވާ އެއްވެސް ޢަމަލެއް ނުކުރާށެވެ! އަޅާ ކޮންމެ ފިޔަވަޅަކީ ނަރަކަ ޢާއި ދުރަށް އަދި ސުވަރުގެއާއި ކައިރިއަށް އަޅާ ފިޔަވަޅެއްކަން ކަށްވަރުކޮށްގެން އަޅަމުން ގެންދާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް