އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކަށް ބައިވެރިއަކު ދެއްވެވުމުން ޙަސަދަވެރިނުވެ އުފާކޮށް ދުޢާކުރާ މީހާއަށް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެ! އިން ޝާ ﷲ

މީހަކަށް ބައިވެރިއަކު ދެއްވެވުމުން ޙަސަދަވެރިނުވެ އުފާކޮށް ދުޢާކުރާ މީހާއަށް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ތިމާއަށްވުރެ އުފަލުގައި އެހެން މީހަކު އުޅޭތީ އެހެން މީހަކު އުޅޭތީ ހަސަދަވެރިވުމުގެ ބަދަލުގައި އެމީހާއަށް އުފާވެރިކަން ދެއްވެވިކަމަށްޓަކައި އުފާކުރާ މީހަކަށްވާށެވެ! 

އިންސާނުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވަނީ އެކި މިންވަރަށެވެ! އެކި ވަގުތުގައެވެ. އެމީހާ އެދޭ ކަންކަން ޙާޞިލު ނުކުރެވޭނަމަ އެއީ އެކަމުގެ ވަގުތު އަދި ނުޖެހެނީއެވެ. އެމީހާގެ ފުރުޞަތުގެ ވަގުތު އަދި ނުޖެހެނީއެވެ. 

ތިމާގެ ފުރުޞަތު އަވަސްވުމަށް އެދޭމީހާ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް އުފާކުރުން ގިނަކުރާށެވެ! ތިމާޢަށް ހިންމަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އެކަމުގެ ސަބަބުން އެމީހާގެ ފުރުޞަތު ޖެހުން އަވަސްވާނެކަން ޤަބޫލުކުރާށެވެ! އެހެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އެކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އަދި ގިނަގިނައިން ދުޢާކުރާ މީހުން ދެކެއެވެ. 

ކުޑަކުޑަ މިސާލެއްވެސް ބުނެފާނަމެވެ! އެކުގައި އުޅޭ 2 އަންހެނުންނެވެ. ނުވަތަ 2 ފިރިހެނުންނެވެ. 2 މީހުންވެސް މަސައްކަތްކުރަނީ ކައިވެންޏެއް ކުރުމަށެވެ. މަސައްކަތްކުރަމުން ދަނިކޮށް އެކަކަށް ކުރިން ހިންމަވައި ދެއްވަވައިފާނެތެވެ! 

އެހާލަތުގައި އަނެކާއަށް ޙަސަދަވެރިނުވާށެވެ! އެ ނިޢްމަތް އޭނާއަށް ދެއްވެވި ކަމަށްޓަކައި އުފާކުރުން ގިނަކުރާށެވެ! އަދި ތިމާއަށް ވެސް އަވަހަށް އެފަދަ ފުރުޞަތެއް ދެއްވެވުން އެދި ދުޢާކުރުން ވެސް ގިނަކުރާށެވެ! 

ހަމަ ވަރަށް ބޮޑަށް ޔަޤީންކަމާއިއެކު ބުނަމެވެ. މިބުނި މަގުން ޢަމަލުކޮށްފިނަމަ އެމީހަކަށް ފަހުން ނަމަވެސް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެއެވެ! އިން ޝާ ﷲ މިހެން މިބުނީ މިފަދައިން ކަންކަން މެދުވެރިވެފައިވާ މީހުންގެ ތަޖުރިބާއަށް ބަލައެވެ! ހުރިހާ ކަންކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް