އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވަޟަޢީ ޤާނޫނު ހަދާތަނުގައި ހަޅޭއްލަވާ ގޮތެއްނެތް އަންހެނާއަށް!" ވަރުގަދަ ސިޓީއެއް!

"ވަޟަޢީ ޤާނޫނު ހަދާތަނުގައި ހަޅޭއްލަވާ ގޮތެއްނެތް އަންހެނާއަށް!" ވަރުގަދަ ސިޓީއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ވަޟަޢީ ޤާނޫނު ހަދާތަނުގައި ހަޅޭއްލަވާ ގޮތެއްނެތް އަންހެނާއަށް،

ދަންނަވާލަމެވެ.

އަންހެނުންނަށް ފުރައްސާރަކުރަން ފުރުސަތުދިނީ އިސްލާމްދީނެއް ނޫނެވެ. ތިޔަ ބުނާ އިސްލާމްދީނުން އަންހެނާއަށް ދިނީ ހިމާޔަތެވެ. ޤަދަރެވެ. ރައްކާތެރިކަމެވެ. ޢިއްޒަތެވެ. ޝަރަފެވެ.

އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ. ހަދަހަދާ ބަލިވިއިރުވެސް އިސްލާހުނުވެގެން ތިއުޅޭ ފާރޮށި ގާނޫނުފޮތް ކިޔާ އަކުރުން އަކުރަށް ބަލާހެން 7 އުޑުމަތިން ބާވާލެއްވި ފުރިހަމަ ޤާނޫނު، ކީރިތި ޤުރުޢާން ތަރުޖަމާ އެންމެ ކުޑަމިނުން ބަލާލަބަލާށެވެ.

 ހިޖާބުގެ އާޔަތްތައް ކިޔާލަބަލާށެވެ. ހަމައެކަނި އަހްޒާބް ސޫރަތުގެ 59 ވަނަ އާޔަތް އަދި ނޫރު ސޫރަތުގެ 31 ވަނަ އާޔަތްވެސް ހެއްކަކަށް ފުދޭނެއެވެ. ތެދެކެވެ. ތިންފަހަރަށް ހަދީޘްގައި މަންމަގެ ނަން އައިސްފައިވެއެވެ. އެވަރު ގަދަރާ އިއްޒަތް ދިނުމުން އެ އިއްޒަތާއި ޝަރަފާއި ކަރާމާތް ކޮނޑުމަތިން ހޫރާލާފަ ހިޔުމަންރައިޓްސްއޭ، ޖެންޑަރ އީކުއަލިޓީއޭ ފެމިނިސްޓޭ ކިޔާފަ ސޫޓާ ބޫޓުގައި ތިޔަ ނުކުތީ ތިމާމެންނެވެ. ޝަރުޢީ ހިޖާބު ދޫކޮށް ދެފޮތިކޮޅުގައި ފޮޓޯތައް ފެންނަނީވެސް ހުދު ތިމާމެންގެއެވެ. 

ކިތަންމެ ހަޅޭކެއް ލެވިޔަސް ފިރިހެނުންނާއި އަންހެނުންނާއި ހަމަހަމައެއް ނުވާނެއެވެ. އެއް ފަހަރު ހަމަހަމަކަމަށް ގޮވާފަ އަނެއްފަހަރު 3ގުނަ ތިމަންނާމެން މައްޗޭ ގޮވީމަ ތިޔަކިޔާ އެއްޗެއް އެއްވެސް ތާކުންތާކު ނުޖެހެއެވެ. އިސްލާމް ދީނުގެ ނަން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުމަށް ނިކުމެ ތިޔަތިބީ ޙުދު ތިމާމެންނެވެ. 

މިމައިކުން މިހެން ވާހަކަދެއްކެންޏާ އަންހެނުންގެ ހައްޤަށް މިއަޑު އުފުލާނަމޭ ބުނިއިރު މާފްކުރާށެވެ. އެއްވެސް ބަޔަކު ނިކުމެ އަންހެނުންގެ ހައްޤުގައި އަޑުގަދަކޮށް ޒުވާބުކޮށްގެން ތަޅާފޮޅައިގެން ހޯދަން ޖެހޭނެ އިތުރު ހައްޤެއް ނޯންނާނެއެވެ. އިސްލާމްދީން ވަނީ އަންހެނުންނަށް ހައްޤުވާނެ ހުރިހާ ހައްޤެއް ކަށަވަރުކޮށްދީފައެވެ. އޮޅިގެން ތިއުޅެނީ ތިޔަފަދަ ސެކިއުލާވިސްނުމުގެ އަންހެނުންނަށެވެ. އަންހެނާގެ ހެދުމޭ ބުނުމުން ނިކަން ރުޅިއަރާ، އެ ވާހަކަދައްކާ އެންމެނަށާ، ނޫސްތަކުގައި "އެ މޭރުމުން ވާހަކަދައްކާ އެންމެން ދައްކާނެ ވާހަކަ ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށޭ، ތި ދައްކާ ވާހަކައެއް ކަލޭމެންނަކަށް ނޭނގެއޭ، ތި މޭރުމުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓުވާލަންވީއޭ" ބުނުމުން ޒާތަކަށް އައީ ހިންޏެވެ. ލަވައިގަތީ ހޮޑެވެ. 

ފުރަތަމަ ބަންދުކުރަންވީ ތިޔަ ދެއުޅިއެއް ނުވާ އަނގަތަކެވެ. މޭފުއްޕާފަ ނިކުމެ ކަރުންހަންމެށޭ ވަރަށް ހަޅޭއްލަވާ، ފިރިހެނުންގެ ގަޔަށް ބޮލަށްވެސް އަތްލާ، މޭޒުމައްޗަށް ކޮޅަށް އަރާ އުޅުމުން ބަޔަކަށް ތިވަރެއް ނެތޭ ހީވިޔަސް ތިއައީ ފަހުރެއް ނޫނެވެ. ފަކުރެކެވެ. އަހަރުމެން އަންހެނުންވެސް ލަދުގަނެއެވެ.

ވީއިރު ދީނުގައި އަންހެނުންނަށް ދެއްވާފައިވާއިއްޒަތާއި، ޝަރުއީ ހިޖާބުގެ ވާހަކައާއި، ފެމިނިސްޓް އަދި ޖެންޑާރ އީކުއަލިޓީއާ ދެކޮޅަށް ވާހަކަދައްކާ މީހުންނާއި އެފަދަ އާޓިކަލްތައް ލިޔާ މީހުންގެ އަނގަ ބަންދުކުރަން ނުވިސްނާށެވެ. ހުރަގެއަށް ލީކަމުގައިވިޔަސް ދޫ ހަރަކާތް ކުރެވެންޏާ މިއަޑުތަކެއް، އިނގިލިތައް ހަރަކާތް ކުރެވެންޏާ މިލިޔުންތަކެއް އިންޝާ ﷲ ނުހުއްޓުވޭނެއެވެ! ހައްޤުގެ މަގުގައި އުފުލާލި އަތްތައް އިންޝާ ﷲ ތިޔަހީކުރާހާ ފަސޭހައިން ތިރިއެއް ނުކުރެވޭނެއެވެ! އެންމެ ފަހުނޭވާއާއި ހަމައަށް އިސްލާމްދީނުގެ ދިފާޢުގައި ދެމިތިބޭނަމެވެ!

ސިޓީގެ އަސްލު!:

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު