އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ފުރަތަމަ ބޭއްވުނު ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ރާއްޖޭގައި ފުރަތަމަ ބޭއްވުނު ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވި ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް2020 ޖުލައި 11 އަދި 12 ވަނަ ދުވަހު ކާމިޔާބު ކަމާއިއެކު ނިންމާލައިފި ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ހާމަކޮށްފި އެވެ. ދެދުވަހުގެ މުއްދަތަށް ބޭއްވިގެންދިޔަ މިކޮންފަރެންސްގައި  150 އަށްވުރެ ގިނަ ފަރާތަކުން ބައިވެރި ވެފައިވެއެވެ.  މި ކޮންފަރެންސް ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ބައިވެރިން އަތުން ނަގާފައެއް ނުވެއެވެ . އަދި މި ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ.     

“Creating a Value-Driven Learning Culture”

 ތީމް ގެ ދަށުން ބޭއްވިގެންދިޔަ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ، ސައުތް އެފްރިކާ، ޔޫކޭގެ އިތުރުން ސިންގަޕޯރ ގެ މަޝްހޫރު  20 ސްޕީކާސް އިން ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ. ކީނޯޓް ސްޕީކަރ އެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތީ ދުނިޔޭގެ މަޝްހޫރު ނަންބަރ1 ކަސްޓަމަރ ސާވިސް ގުރޫ ރޮން ކޮފްމަން އެވެ . މީގެ އިތުރުން އިންޑިއާގެ ސްޕީކާސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ކިރުބާ ޝަންކަރު ވެސް ސެޝަންއެއް ނަންގަވައިދެއްވިއެވެ. 

ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވިގެންދިޔަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިދިޔަ އަހަރު ކާމިޔާބުކަމާއެކު ވަނީ ބޭއްވިގެން ގޮއްސައެވެ. މި ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިންގ އެންޑް  ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ދެވިފައެވެ. 

މިއަހަރުގެ ވާޗުއަލް ކޮންފަރެންސް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި އެންމެ ރަގަޅުވާނީ މި ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުން ކަމަށް ވާތީ  މިގޮތަށް ނިންމާ މުޅި ކޮންފަރެންސް ވާޗުއަލްކޮށް ބޭއްވިގެން ދިޔައީ ކަމުގައެވެ. އަދި ވިދާޅުވީ ބޮޑު ތަރުހީބަކާއިއެކު މި ކޮންފަރެންސް ނިންމާލެވިފައިވާތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުރިޔަށް އަދިވެސް ވަރަށް ގިނަ ހަރަކާތްތައް މާޕް އިން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމުގައެވެ.    

ވޭތުވެދިޔަ ކޮރޯނާ ވައިރަސް ލޮކްޑައުންގެ ތެރޭގައި މާޕްއިން ވަނީ ގިނަ ސެޝަންތަކެއް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށް ކުރިޔަށްގެންގޮސް އެޗްއާރު ދާއިރާގެ ގިނަ ފަރާތްތަކެއްގެ ސަމާލުކަން މި ސެޝަންތަކަށް ހޯދާފައެވެ. މިހާހިސާބަށް ތަފާތު 10 ސެޝަން އެއް ވާޗުއަލް / އޮންލައިންކޮށް ހިންގާފައިވާކަމަށާއި މިދުވަސްވަރަށް ޚާއްސަ ތަފާތު ދާއިރާތަކުން ބޭއްވިގެންދިޔަ މި ސެޝަންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންދެވިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ. އަދި އެގޮތުން އެންމެފަހުން ބެއްވިގެދިޔަ ސެޝަން ކުރިޔަށް ގެންގޮސްދީފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ނާއިބު ރައީސް ފައިސަލް ނަސީމެވެ. ލައިވް ކުރެވިގެންދިޔަ މި ސެޝަން ގައި ވަރަށް ގިނަފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. 

މީގެ އިތުރުން މާޕްއިން ވަނީ ސަދާން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައެވެ. އަދި ދެވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ ބޭއްވުންވެސް މިވަނީ މިއަހަރުގެ ނޮވެމްބަރ މަހަށް ލަސްކުރެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު