އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގޭގެ ވަސް ފޯރާހަމައަށް ވެސް ތިއަ ކަނބަލުން ކައިރިވިއަ ނުދޭން މަސައްކަތްކުރާ ޝައިޠޯނުންނަށް ބިރުވެތިވާށެވެ!

ސުވަރުގޭގެ ވަސް ފޯރާހަމައަށް ވެސް ތިއަ ކަނބަލުން ކައިރިވިއަ ނުދޭން މަސައްކަތްކުރާ ޝައިޠޯނުންނަށް ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

އުޚުތުންނަށް އެކަނބަލުންގެ އަޢުރަ ނިވާކުރަން ނަޞޭހަތް ދިނުމުން އެކަނބަލުން މަގުފުރައްދަން ބޭނުންވާ މީހުންނަށް މިފެންނަނީ ޖެހިޖިހިގެން އޮތް ދެ އާޔަތުން މަތީ އާޔަތެވެ. ތިރީ ޢާޔަތް ފެންނަ ކަމަކަށް ނުވެއެވެ. 

އެކަނބަލުން މިބަޔާންކުރައްވަނީ އައްނޫރު ސޫރަތުގެ 30 ވަނަ ޢާޔަތެވެ! 

"މުއްމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠޯހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ  އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްނޫރު 30)

ޖެހިގެން  އޮތް 31 ވަނަ އާޔަތް ފެންނަ ކަމަކަށް ނުވެއެވެ. 

"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަ ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އައްނޫރު: 31)

ﷲ ދެއްވެވި އިޚްތިޔާރުގެ ބޭނުން މިއަދު އެމީހަކު ބޭނުންގޮތަކަށް ހިފިދާނެއެވެ! 

އަޢުރަ ނިވާނުކުރާ އަންހެނާއަށް ސުވަރުގޭގެ ވަސް ވެސް ނުފެންނާނެކަމަށް ރަސޫލް (ޞޢޥ) ޙަދީޘްފުޅުކުރައްވަވާފައި ވަނިކޮށް އެއީ ކުޑަކަމެއް ދެކެ އިހްމާލުވުމަކީ ކިހައި ބޮޑު ބިރުވެރިކަމެއް ހެއްޔެވެ؟ 

حَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا ‏"‏ ‏.‏

މާނައީ:

އަބޫހުރައިރާގެ އަރހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ) ޙަދިޘްފުޅުކުރެއްވެވިއެވެ. "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައި ނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާބައަކާއި، (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިޔާމުން ތިބޭ (އަޢުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެން މީހުން ކަތިމަގަށް ލަންބުވާ ބައެކެވެ! އެމީހުންގެ ބޯ ހީވާނީ ބުޚުތުއެވެ ކިޔޭ (ދެގޮންގަނޑުލީ ޖަމަލެއް) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެންނެވެ! އަދި އެމީހުންނަކަށް ސުވަރުގެއެއް ނުވަދެވޭނެއެވެ! އަދި ސުވަރުގޭގެ ވަސްވެސް ނުދުވާނެއެވެ! އެތާނގެ ވަހަކީ މިވެނި އެނި ރާސްތާއަކަށް ފޯރާއެއްޗެކެވެ."

(ޙަދީޝް ރިވާކުރެވިފައިވަނީ ޞަޙީހް މުސްލިމްގެ އަލް ލިބާސް ވައް ޒީނާ ބާބުގައެވެ!) 

ލޮބުވެތި އުޚުތުންނޭވެ! އަޢުރަ ނިވާކުރުމުގެ ޙުކުމް އިސްލާމް ދީނުގައި މިފަދައިން އޮތްއިރު އަދި އަޢުރަ ނިވާނުކުރުމުން ސުވަރުގޭގެ ވަސް ފޯރޯ ހަމައަށް ވެސް ކައިރި ނުވެވޭނެކަން އެނގެން އޮތްއިރު ތިއަ ޙައްޤުތަކުގެ ނަމުގައި ތިަ ލޮބުވެތި ކަނބަލުން މަގުފުރައްދައި ސުވަރުގޭގެ ވަސްފޯރާހަމައަށްވެސް ކައިރިވިއަ ނުދިނުމަށް ޝައިޠޯނުންތަކަށް ބިރުވެތިވާށެވެ! އެ ޝައިޠޯނުންގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭ ބައަކު ކަމުގައި ނުވާށެވެ! ހަމަކަށަވަރުން ޝައިޠޯނާއީ މީސްތަކުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ! 

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް