އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ވެހިކަލްތަކަށް ދިން ގެއްލުމުގެ ބަދަލު ހޯދަން ހިޔުމަން ރައިޓްސްވޮޗްގައި އެދެންވީނު!

ފުލުހުންގެ ވެހިކަލްތަކަށް ދިން ގެއްލުމުގެ ބަދަލު ހޯދަން ހިޔުމަން ރައިޓްސްވޮޗްގައި އެދެންވީނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މާލެ ސަރަހައްދުގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި އަލިމަސް ކާނިވާ ސަރަހައްދުގައިކަމަށް ހޯމް މިނިސްޓްރީން ހަމަޖެއްސުމުން ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރި ކަމަށް ބުނެ ހިޔުމަން ރައިޓްސް ވޮޗް ކިޔާ ޝައިޠޯނާގެ ބައިވެރިން ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށްފިއެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައި އިންސާނީ އަޚްލާޤަށާއި ސުލޫކަށް ގެއްލުން ލިބޭ ކަންކަން ކުރިއަރުވަން މަސައްކަތްކޮށް އެކަމަށް ވަކާލާތުކުރާ މި ޖަމިއްޔާއަކީ އެއްވެސް ދީނަކުން ބަލައި ނުގަންނަ އަދި ޤަބޫލުވެސް ނުކުރާ ކަންކަން މީސްތަކުންގެ މެދުގައި ޢާންމުކުރަން މަސައްކަތްކުރާ ޝައިޠޯނީ އެޖެންޓުންތަކެކެވެ.

ދާދިފަހުން ބޮޑުފިނޮޅުގަ އާއި ހުޅުމާލޭގައި ވަނީ މުޒާހަރާ ކުރި ބައަކު ޢާންމު ކުންފުންޏަކާއި ދައުލަތުގެ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށާފައެވެ. ވީމާ އެފަދަ އަމަލުތައް ކުރަން ހިތްވަރުދޭ ޖަމާއަތުން މިފަދަ ގެއްލުންތަކަށް ބަދަލު ދިނުން ފަދަ އެއްވެސް ކަމެއް ނުކުރެއެވެ.

ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުން އެކަމުގެ ގެއްލުން ލިބޭ ބައަކީ އެ ޤައުމެއްގެ ރައްޔިތުންނެވެ. އެތަކެތި މަރާމާތުކުރުމަށާއި އެތަކެތީގެ ބަދަލުގައި ތަކެތި ހޯދަން ހޭދަކުރަންޖެހެނި ރައްޔިތުންގެ ފައިސާކަމަށްވާތީއެވެ. ވީމާ މުޒާހަރާކުރުމުގެ ނަމުގައި ނުކުމެ ދައުލަތުގެ ތަކެއްޗަށް ގެއްލުންދީ ހިންގި ޓެރަރިސްޓް ޢަމަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން އެކަމަށް ހިތްވަރުދޭ ޖަމާޢަތުގައި އެދުން މުހިނަމު ކަމުގައި ގިނަބައަކަށް ފާހަގަކުރެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް