އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑާ ގުޅިގެން ފައިދާ ދެބައިކުޅައެއްބައި މަދުވުމުންވެސް ދިރާގުގެ ހިއްޞާދާރުންނަށް ފައިދާ ބަހާނެ!

ކޮވިޑާ ގުޅިގެން ފައިދާ ދެބައިކުޅައެއްބައި މަދުވުމުންވެސް ދިރާގުގެ ހިއްޞާދާރުންނަށް ފައިދާ ބަހާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 އާއި ގުޅިގެން ދިރާގުގެ ފައިދާ 50 އންސައްތަ މަދުވެފައިވީނަމަވެސް ހިއްބާދާރުންނަށް މިއަހަރުވެސް ފައިދާ ބަހާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރައްވަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަޤުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަ ކޮށް، މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

މިގޮތުން، މިހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 70/2 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157،320،000 ( ސަތޭކަ ފަންސާސް ހަތް މިލިއަން ތިންސަތޭކަ ވިހި ހާސް) ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމަވާފައިވާކމަށާއި އަދި 11 އޯގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 4:00 އާހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށް ނިންމަވާފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ބަޔާނުން:

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން 11 މާރިޗް 2020 ވަނަ ދުވަހު މުޅިދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްކަމަށް ކަނޑައަޅާފައިވާ ކޯވިޑް-19 ،ގެ ސަބަބުން ކުންފުނިން ހާސިލްކުރެވުނު މާލީ ނަތީޖާއަށް ފާހަގަކުރެވޭވަރުގެ ބޮޑު އަސަރެއް ވަނީ ކޮށްފައެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ޤައުމުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން 2020 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރއާއި އަޅާބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ %25 އިން ދަށަށް ގޮސްފައިވެއެވެ.

ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާއިރު، އެންމެބޮޑަށް އަސަރުކޮށްފައިވަނީ މި އަހަރުގެ 2 ވަނަ ކުއާޓަރގައި ބައިނަލްއަޤްވާމީ ބޯޑަރތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ވަނީ ފާހަގަކުރެވިފައެވެ.

ކުންފުނީގެ ސާފު ފައިދާ %49 އިން ދަށްވެފައިވާއިރު އާމްދަނީން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓަރއާ އަޅާބަލާއިރު %50 ދަށްވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް