އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދު ދުވަސް ހުކުރު ދުވަހަކާއި ބައްދަލުވެއްޖެ ނަމަ ޢަމަލުކުރަން ސުންނަތުން ފެންނަން އޮތް ގޮތް: ޑރ. އިޔާޟް

ޢީދު ދުވަސް ހުކުރު ދުވަހަކާއި ބައްދަލުވެއްޖެ ނަމަ ޢަމަލުކުރަން ސުންނަތުން ފެންނަން އޮތް ގޮތް: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ކަންތައް ކުރާނެ ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ ޙަދީޘްތަކާއި ޞަޙާބީންގެ ފަރާތުން އަޘަރުތައް އައިސްފައިވެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބަޔެކެވެ.  

عَنْ إِيَاسِ بْنِ أَبِي رَمْلَةَ الشَّامِيِّ قَالَ شَهِدْتُ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَهُوَ يَسْأَلُ زَيْدَ بْنَ أَرْقَمَ قَالَ أَشَهِدْتَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدَيْنِ اجْتَمَعَا فِي يَوْمٍ قَالَ نَعَمْ قَالَ فَكَيْفَ صَنَعَ قَالَ صَلَّى الْعِيدَ ثُمَّ رَخَّصَ فِي الْجُمُعَةِ فَقَالَ مَنْ شَاءَ أَنْ يُصَلِّيَ فَلْيُصَلِّ) رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك"  

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިޔާސް ބިން އަބީ އަރްމަލާ އައްޝާމީ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޢާވިޔާ ބިން އަބީ ސުފްޔާން ޒައިދު ބިން އަރްގަމްގެ ގާތުގައި ސުވާލު ކުރައްވަނިކޮށް އަޑުއެހީމެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެއް ދުވަހެއްގައި ދެޢީދު ދިމާވި ހެއްޔެވެ؟" ވިދާޅުވިއެވެ. "އާ އެކެވެ." މުޢާވިޔާ ސުވާލު ކުރެއްވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވީ ކޮން ގޮތަކަށްތޯއެވެ؟" ޒައިދު ވިދާޅުވިއެވެ. "ޢީދު ނަމާދު ޖަމާޢަތުގައި ކުރެއްވިއެވެ. އަދި ހުކުރު ނަމާދަށް ރުޚްޞަތު ދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ބޭނުން ބަޔަކު ޙާޟިރުވާށެވެ."  

عَنْ أَبِي هُرَيْرَةَ ، عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - ، قَالَ : " قَدِ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ ، فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ ، وَإِنَّا مُجَمِّعُونَ) رواه الحاكم މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މިއަދު މިވަނީ ތިޔަބައިމީހުންނަށް ދެޢީދު އައިސްފައެވެ. ބޭނުންވެއްޖެ މީހަކަށް ހުކުރު ނަމާދު ފުދިއްޖެއެވެ. އަހަރުމެން ހުކުރު ނަމާދަށް ޖަމަޢަވާ ހުށީމެވެ." 

عَنْ ابْنِ عُمَرَ قَالَ اجْتَمَعَ عِيدَانِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى بِالنَّاسِ ثُمَّ قَالَ مَنْ شَاءَ أَنْ يَأْتِيَ الْجُمُعَةَ فَلْيَأْتِهَا وَمَنْ شَاءَ أَنْ يَتَخَلَّفَ فَلْيَتَخَلَّفْ) رواه ابن ماجه މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެއް ދުވަހެއްގައި ދެޢީދު އައެވެ. އެކަލޭގެފާނު މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށްފަހުގައި ޙަދީޘް ކުރެއްވިއެވެ. "ހުކުރު ނަމާދަށް އަންނަން ބޭނުން ބަޔަކު އަންނާށެވެ. ނައިސް މަޑު ކުރަން ބޭނުން މީހަކަށް އެފުރުޞަތުވެސް އެބައޮތެވެ."

عَنْ عَطَاءِ بْنِ أَبِي رَبَاحٍ قَالَ صَلَّى بِنَا ابْنُ الزُّبَيْرِ فِي يَوْمِ عِيدٍ فِي يَوْمِ جُمُعَةٍ أَوَّلَ النَّهَارِ ثُمَّ رُحْنَا إِلَى الْجُمُعَةِ فَلَمْ يَخْرُجْ إِلَيْنَا فَصَلَّيْنَا وُحْدَانًا وَكَانَ ابْنُ عَبَّاسٍ بِالطَّائِفِ فَلَمَّا قَدِمَ ذَكَرْنَا ذَلِكَ لَهُ فَقَالَ أَصَابَ السُّنَّةَ) رواه أبو داود، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަޠާއު ބިން އަބީ ރަބާޙްގެ ފަރާތުން ރިވާވެގެން ވެއެވެ. "ތިމަންމެންނާއި އެކުގައި އިބްނު ޒުބައިރު ހުކުރު ދުވަހެއްގެ ހެނދުނު ކޮޅުގައި ޢީދު ނަމާދު ކުރެއްވިއެވެ. އެދުވަހު ހުކުރު ނަމާދަށް ދިޔައިރު އިބްނު ޒުބައިރު ނިކުމެވަޑައި ނުގަންނަވައެވެ. އެހެންވެ އަހަރުމެން ހުކުރު ނަމާދު ކުރީ އެކަލޭގެފާނު ނުލަޔެވެ. އެވަގުތުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވަޑައިގެންވީ ޠާއިފްގައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމުން އެވާހަކަތައް ދެންނެވުމުން ވިދާޅުވިއެވެ. "އިބްނު ޒުބައިރު ކަންތައް ކުރެއްވީ ސުންނަތާ އެއް ގޮތަށެވެ."  

އިސްވެ ބަޔާން ކުރެވުނު ދަލީލުތަކުގެ އަލިގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރަމެވެ.  

ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެއްޖެ މީހާ ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލު އެމީހަކު މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. މީސްތަކުންނާއި އެކު ހުކުރު ނަމާދުގެ ޖަމާޢަތުގައި ވެސް ބައިވެރިވެއްޖެނަމަ އެކަން އައުލާކަން ބޮޑެވެ. 

ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހުން ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާން ޖެހޭނެއެވެ. އެފަދަ މީހުން އިސްބެ ބަޔާން ކުރެވުނު ރުޚްޞަތުގެ ތެރެޔަށް ނުވަންނާނެއެވެ. 

އިމާމް މީހާގެ މައްޗަށް ލާޒިމް ވެގެންވަނީ އެދުވަހުގައި ހުކުރު ނަމާދުގެ ޖަމާޢަތް ގާއިމް ކުރުމެވެ. ޙާޟިރުވާން ބޭނުން މީހަކު ޙާޟިރުވާނީއެވެ. ބޭނުން ނުވާ މީހަކު ޖަމާޢަތް ދޫކޮށްލާނީއެވެ. 

ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމުގެ ސަބަބުން ހުކުރުގެ ޖަމާޢަތް ދޫކޮށްފިމީހާ، މެންދުރު ނަމާދު ކުރަން ޖެހޭނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެދުވަހުގައި މެންދުރު ނަމާދުވެސް ކުރަން ނުޖެހޭނެ ކަމަށް ބައެއް މީހުން ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް އެއީ ރަގަޅު ގޮތެއް ނޫނެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް