އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޙާލަތުގަ މާދަމާ ކޮންމެވެސް އެއް ނަމާދަކަށް މިސްކިތަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި

މިޙާލަތުގަ މާދަމާ ކޮންމެވެސް އެއް ނަމާދަކަށް މިސްކިތަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

މާލެސިޓީގައި ކޮރޯނާ ފެތުރުން އިތުރުވެފައިވާތީ ޢީދު ނަމާދު ނުވަތަ ހުކުރުނަމާދުންކުރެ އެއް ނަމާދަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދިއުމުގައި ސަމާލުކަންދޭންޖެހޭ ކަންކަންވެސް ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާން: 

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވައިފިއެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް އައުމަށް މިނިސްޓްރީ ގެ ފަރާތުން އިލްތިމާސް ކުރައްވައެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަކީ މިނިސްޓްރީން ބާރު އަޅާ ގޮތްކަމުގައި ވަނީ ހާމަކުރައްވާފައެވެ.

އާ ޢާއްމު ޙާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ޢިލްތިމާސް ކުރައްވާފައިވާ ފަދައިން، ޢީދު ނަމާދަށްވެސް،  ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ ޢަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ހާޟިރުނުވުމަށްވެސް އެދިލައްވައެވެ. ހަމަ އެހެންމެ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރެއްވުމަކީ މި ޙާލަތުގައި ބާރުއަޅާގޮތް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހާމަކުރައްވައެވެ. އަދި ކޮންމެ ބޭފުޅަކުވެސް މާސްކް އަޅައިގެން ވަޑައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެދިލައްވައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު މާލެ ސިޓީގައި ޢީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ހަމަޖެހިފައިވާކަންވަނީ އަންގާފައެވެ. ނަމަވެސް އަންހެން ބޭފުޅުން ވަޑައިގެން ޢީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް ޢަޒީޒާ މޫސާގައެވެ.

- އިސްލާމިކް މިނިސްޓްރީ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު