އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ޖެހިގެން އެކަހެރިކޮށްފައިވާ, ބަނޑަށް 8 މަހުގެ އަންހެނެއްގެ އިޙްޞާޞްތައް - ހާދަ ހިތާމަވެރިއޭ!

ކޮރޯނާ ޖެހިގެން އެކަހެރިކޮށްފައިވާ, ބަނޑަށް 8 މަހުގެ އަންހެނެއްގެ އިޙްޞާޞްތައް - ހާދަ ހިތާމަވެރިއޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޚަބަރުގައިވާ އޯޑިއޯގައި އެވަނީ ކޮރޯނާޖެހިގެން އެކަހެރިކޮށްފައިވާ ބަނޑަށް 8 މަހުގެ އަންހެނެއްގެ ވޭނީ އިޙްޞާޞްތަކެވެ. ސާމަޕަލަކުން ނަގަމުން ގޮސް ގޭގެ އެންމެން ޕޮޒިޓިވްވެ ގޭގައި ހުރި އޭނާގެ ކުޑަދަރިފުޅުވެސް ޕޮޒިޓިވްވުމުން ކުރާ އިޙްޞާޞްތަކެވެ. 

މިވާހަކަތައް އޭނާ ދައްކާފައިވަނީ އެޗްޕީއޭއާއިއެވެ. އާދެ! އާދެ! ކިޔުން ނޫން ޖަވާބެއް އެޗެޕީއޭއިން ދޭއަޑެއް ނީވެއެވެ! 

ކަރަންޓީނު ފެސިލިޓީގައި ކަންކަން ކުރާ ގޮތުގެ ވާހަކަތަކެވެ. ފެސިޓީގައި 10 ދުވަސްވެފައިވާ މީހުންނާއި މިއަދު ޕޮޒިޓިވްވާ މީހުންނާއި ޖެހިޖެހިގެން ބައިތިއްބާ ކަމުގެ ވާހަކަތަކެވެ. މިފަދަ އަޑުތައް އަބަދުހެން ދަނީ އިވެމުންދާއިރު އެއްގެއިން އެކުގައި ނަގާ ސާމަޕްލްތަކުން ބައެއް ސާމްޕަލް "މީދާ ގެންދާތީ" ނަމަވެސް ނަތީޖާ ނުލިބޭ ކަމުގެ ޝަކުވާތަކަކީވެސް ހަމަ ޢާންމު ޝކުވާތަކެވެ! 

ޢާންމުންވެސް ހޭލުންތެރިވާންޖެހެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅަންޖެހެއެވެ. އެހެންކަމާއިއެކުވެސް މިސްކިތަށް ޖަމާއަތް ދިއުން ކުށްވެރިކޮށް ޖަމާއަތަށް ދިއުމަށް ބިރުދެއްކުން ހުއްޓާލައި ތިމާމެންގެ މަސްއޫލިއްޔަތު އަދާކުރަން މިހާރަށްވުރެ ބޮޑަށް ޖެހިފައިވާކަން މިދަނީ ސާބިތުވަމުންނެވެ! 

އެކާވީސް އެމްވީ އިން ހާމަކޮށްފައިވާ އޯޑިއޯ އަޑުއައްސަވާލައްވާ!:

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ