އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ސްޕީޑާއި އެކު ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް!

އިތުރު ސްޕީޑާއި އެކު ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ދިރާގުން މިއަދު އެކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.

މިއައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެއެވެ.

ދިރާގުން މި އަޕްގްރޭޑް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި  އަދި  ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައިއެވެ. ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ދިރާގުން ގަސްތުކުރީ، ކަސްޓަމަރުންނެގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށެވެ.

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް %20 އާއި %65 އާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަގަޅު ސްޕީޑްވެސް ލިބިގެންދާނެއެވެ. ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު