އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަ އާ ކުޑަބެއާ ވެސް އިރާދަކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ!: ސަނޫންގެ ދަރިފުޅު

ބައްޕަ އާ ކުޑަބެއާ ވެސް އިރާދަކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ!: ސަނޫންގެ ދަރިފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

"އިރާދަކުރެއްވިއްޔާ ބައްޕައާއި ކުޑަބެއާއި ވެސް ސުވަރުގެއިން ބައްދަލުވާނެ! އަހަރެމެން އެންމެން ވެސް ސުވަރުގެ އިން ބައްދަލުވާނެ!" މިއީ ކުރީ ރޭ ކުއްލި ގޮތަކަށް ނިޔާވި ފްލައިމީގެ ޒުވާން ޕައިލެޓް، ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަޞީރުގެ ދަރިފުޅު އޭނާގެ ބައްޕަ ނިޔާވިކަން އެނގުމުން ބުނެފައިވާ ބަސްކޮޅެކެވެ.

މިކަމުން ވެސް އެނގިގެންދަނީ ސަނޫން ނަޞީރު އާއި އޭނާގެ އަނބިކަނބަލުން އެދެމަފިރިންގެ 7 އަހަރުގެ ކުޑަ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމެވެ. އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދީގެން ކަމެވެ. 

ސަނޫންގެ ކޮއްކޮ، ދަރިފުޅުގެ ކުޑަބެ ވަނީ ދާދިފަހުން ކުއްލިގޮތަށް ނިޔާވެފައެވެ. އެކަމުގެ ކަންކަން ވެސް ހިނގައިދިއައީ ހަމަކުއްޖާގެ ކުރިމަތީގައެވެ. އެހެންކަމުން ޢާއިލާއިން ވަނީ ކޮންމެ ވަގުތަކުވެސް ކޮންމެ މީހަކުވެސް މަރުވެދާނެ ކަމާއި ކުރަން އޮތް ކަމަކީ ސުވަރުގެއިން ބައްދަލުކޮށްދެއްވެވުން އެދި ދުޢާކުރުންކަން ވިސްނައިދީފައެވެ. އެއިގެ އިތުރުން ުވަރުގެއިން ބައްދަލުވާނީ ދުނިޔޭގައި ކޮން ގޮތަކަށް އުޅުމުންކަން ވެސް ވަނީ އަނގައިދީފައެވެ. ބައްޕަ (ސަނޫން) ނިޔާވުމުންވެސް ދަރިފުޅަށް އެހައި ސާބިތުކަން އެ ލިބުނީ އެ ތަރުބިއްޔަތުގެ ސަބަބުންނެވެ.  

މިއީ މިއަދު އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާކަމެކެވެ. ދަރިންގެ އުމުޜާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ދަރިންގެ ހިތްތަކުގައި ލޯބި ޖައްސުވަން މަސައްކަތްކުރުމުގެ ފައިދާ މިފަދަ ކަންކަމުން މިދަނީ އެނގި ހާމަވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް