އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމަކަށް ކުރިމަތިލާއިރުވެސް އެކަން ކާމިޔާބު ކުރެވޭނެ މަގު މިއޮތީ!: މުފްތީ މެންކް

ކޮންމެ ކަމަކަށް ކުރިމަތިލާއިރުވެސް އެކަން ކާމިޔާބު ކުރެވޭނެ މަގު މިއޮތީ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ކަމެއް ޙާޞިލުކުރަން ކުރަން ޖެހޭ މަސައްކަތް ބުރަވެ، އަދި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރަން ޖެހޭތީ މާޔޫސްވަމުހެއްޔެވެ؟ މާޔޫސްވެވޭނަމަ އެކަން މެދުވެރިއެވަނީ ތިބާ ކުރަންޖެހޭ ކަންކަން ކުރަންޖެހޭނީ ތިބާއެކަނި ކަމަށް ޤަބޫލުކުރެވޭތީއެވެ!

އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ! ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން އަބަދުވެސް ޔަޤީންކުރަންޖެހޭނެއެވެ! އެއިރުން ކުރަންޖެހޭ އެއްވެސް ކަމަކީ ބުރަކކަމަކަށްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ! ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާއިރު ތިބާއަށް ޙާޞިލު ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟

ވީމާ ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވި ނަމަވެސް އެންމެ މުހިންމުކަމަކީ ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާފަދަ މީހަކު ކަމުގައި ވުމެވެ! ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހަކުކަމުގައިވުމެވެ. ތިމާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވާ މީހަކުކަމުގައިވުމެވެ.

އެހެންކަމުން ކޮންމެ ކަމެއް ކުރަން ކުރިމަތިލާއިރުވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވާ މީހެއްގެ ގޮތުގައި ހުރެ ކުރިމަތިލާށެވެ! އެކަން ޙާޞިލުކުރެވޭނެ މަގު މިއާޔަތުގައިވެސް ﷲ ތަޢާލާ އެވަނީ ވަޙީކުރައްވަވައިފައެވެ!

"-- އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)

އިޙްސާންތެރިވުމަކީ އަޅުކަންކުރާއިރުވެސް އަދި ކޮންމެ އަމަލެއްކުރާއިރުވެސް ތިމާ ކުރާ ޢަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ބިރުވެތިވެގެން ހުރެ ކަންކަން ކުރުމެވެ. ފުރިހަމައަށް އިޙްސާންތެރިވެވޭ މީހާ ﷲތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ހެޔޮ ޢަމަލެއް ނޫނީ ނުކުރާނެއެވެ!

މިއާޔަތުގައި އެވަނީ އެފަދަ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ކަމެވެ. ވީމާ ކޮންމެ ކަމަކަށް ކުރިމަތިލައިގެން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ އިޙްޞާންތެރިއަކަށްވާށެވެ!

އަހަރެމެން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެދިވެސް ދުޢާކުރުމުގެ ކުރިން ޞަދަޤާތެއް ކުރަމުއެވެ. ހަމަ އެފަދައިން ކަމެއް ޙާޞިލުކުރަން މަސައްކަތްފެށުމުގެ ކުރިންވެސް ޞދަޤާތެއް ކޮށްލާށެވެ! އަތުގައި ހޭދަކުރާނެ އެއްޗެއް ނެތްނަމަ ހެޔޮ ބަހަކުން، މީހަކަށް ކަމެއްކޮށްލައިދިނުން ފަދަ ކަމަކުން ނަމަވެސް ޞަދަޤާތްކުރާށެވެ!

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް