އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަނޑު ދިހައަކުން ފަތިހު ފަހަކަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފި!

ރޭގަނޑު ދިހައަކުން ފަތިހު ފަހަކަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

 މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ. 

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިރެއިން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް އެއްވެސް ގޮތަކަށް މީހުން ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. އަދި ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ ކަމަށެވެ.

މީގެއިތުރުން ބޭރަށް ނިކުތުން ހުއްދަ ވަގުތުތަކުގައި ވެސް 5 މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްތަނަކަށް އެއްވެ ނޫޅެވޭނެ ކަމަށާއި މީހުން އެއްވެގެން ކުޅިވަރު ކުޅުމާއި ހަފްލާތައް ބޭއްވުން ވެސް މަނާވާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ރޭގަނޑު ދިހައެއްގެ ފަހުން މަގުމަތީގައި އުޅޭ މީހުން  ޖޫރިމަނާ ކުރަމުން ގެންދާނެކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު