އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަތޭކަ ސޯޅަ ދިވެހިންނާއެކު ސަތޭކަ ފަންސާސް ތިންމީހުން މިއަދު ކޮވިޑަށް ޕްޒިޓިވްވެއްޖެ!

ސަތޭކަ ސޯޅަ ދިވެހިންނާއެކު ސަތޭކަ ފަންސާސް ތިންމީހުން މިއަދު ކޮވިޑަށް ޕްޒިޓިވްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 153 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ 153 މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހީންނާއި، 22 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 11 މީހަކާއި އިންޑޮނޭޝިއާ މީހާއި މިސްރު މީހަކާއި ބްރިޓޮން މީހަކާއި ކެންޔާ މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2693 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4446 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 1152 މީހަކަށެވެ.

މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު