އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ޖަމްޢިއްޔާގެ "ޢީދް މީލްސް" ޢީދުގަ ނިކަމެތިން ހެއްވާލި!

އެހީ ޖަމްޢިއްޔާގެ "ޢީދް މީލްސް" ޢީދުގަ ނިކަމެތިން ހެއްވާލި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

1441 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުހަވު އެހީ ޖަމްޢިއްޔާއިން "ޢީދް މީލްސް" ނަމުގައި ކެއުން ބަހައިފިއެވެ. 

"ވެލްނެސް އެސޯސިއޭޝަން" އާއި "މަމްސް" އަދި "ބެނެފިޓް" އާއިއެކު އެހީ ޖަމްޢީއްޔައިން ކުރިޔައް ގެންދިޔަ މިޙަރަކާތުގައި ނިކަމެތި ޢާއިލާތަކަށާއި، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި، ވަގުތީ ބޯހިޔާވަހި ތަކުގައި ތިބި ޢާއިލާތަކަށާއި ޔަޠީމު ޚާނާތައްކަމުގައިވާ "ކުޑަކުދިންގެ ހިޔާ" އަށާއި، "ފިޔަވަތި"ގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށްވެސް "ޢީދު މީލްސް" ބަހާފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. 

"މިޙަރަކާތުގައި އަޅުގަނޑުމެން އޮންނާނެ 94 ޕާރުސަލް ބަހާފަ. ކޮންމެ ޕާރުސަލެއްގައި 5މީހަކަށް ކެވޭވަރުގެ ބިރިޔާނި، އަދި 5 މީހަކަށް ވާވަރުގެ ފިހުނު ކުކުޅު އޮންނާނެ. އަދި މީގެ އިތުރުން ކޮންމެ ޕާރުސަލެއްގައި ފޮނި ކެއުމެއްގެ ގޮތުގައި ބޮޑު ޕިރިނީ ތައްޓެއް އޮންނާނެ. އެއީވެސް 5 މީހުނަށް ކޭޓަރ ކުރެވޭވަރު. އެހެންވީމަ އެއީ ގާތްގަނޑަކަށް 470 މީހުންގެ ކެއުން." އެހީ ޖަމްޢިއްޔާގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ ވިދާޅުވިއެވެ. 

ކެއުން ތައްޔާރު ކޮށްދެއްވުމުގައި "ޕިކްލްސް" އަދި "އެމްކިޗަން"ގެ އިތުރުން "ބޭކްސް ބައި ފަރާ" އިން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް އެހީ ޖަމްއިއްޔާއިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. "އަޅުގަނޑުމެން އެދުނު އެދުމަކަށް ވަރައް ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެފަރާތްތަކުން އެވަނީ ވަރަށް ފެންވަރުރަނގަޅު މީލްތަކެއް ތައްޔާރު ކޮށްދެއްވާފަ. އެބޭފުޅުންގެ އެއްބާރުލެއްވުން ނުލިބުނުނަމަ މިކަން މިހާ ފުރިހަމަކޮށް ނުދިޔައީސް" އެހީ ޖަމްޢިއްޔާގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ ވިދާޅުވިއެވެ. ވިދާޅުވިއެވެ.

އެހީ ޖަމްޢިއްޔާއަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ޖަމްޢިއްޔާއެވެ. 2012 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު މިޖަމްޢިއްޔާއިން ވޭތުވެދިޔަ 9 އަހަރު ރާއްޖެއާއި ރާއްޖެއިންބޭރުގައި އިންސާނިއްޔަތަށް އެހީ ފޯރުކޮށްދިނުމުގެ އެތައް ޙަރަކާތެއްވަނީ ހިންގާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް