އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހުގެ އެންމެ ވަރުގަދަ ޙަމަލާ!: މަރުވާ ވަގުތު އެންމެ ލޯބިވާ މީހާގެ ސިފައިގަ ބައްދަލުކޮށް މަގުފުރައްދަން ކުރާ މަސައްކަތް!

އިބިލީހުގެ އެންމެ ވަރުގަދަ ޙަމަލާ!: މަރުވާ ވަގުތު އެންމެ ލޯބިވާ މީހާގެ ސިފައިގަ ބައްދަލުކޮށް މަގުފުރައްދަން ކުރާ މަސައްކަތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޝައިޠޯނާއަށް ހައްލުވައި ނުލެވޭ މީހުން ހައްލުވައިލެވެންދެން އިބިލީސް އޭނާގެ މަގަށް ހައްލުވައިލަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެއެވެ! މަރުވުމުގެ ވަގުތުގައިވެސް އައިސް ޝަރީކުކުރާ މީހެއްގެ ގޮތުގައިވުމަށް ބާރުއަޅާނެއެވެ. މިކަން ޙަދީޘުން އެނގެން އެބައޮތެވެ! 

ނިކަން ވިސްނައިލަބަލާށެވެ! އެވަގުތު އިބިލީސް ތިބާގެކުރިމަތން ފެންނާނީ މަންމަ، ބައްޕަ، ނުވަތަ އެނޫންވެސް ތިބާ އެންމެ ލޯބިވާ (މަރުވެފައިވާ) މީހާގެ ސޫރައިގައެވެ. އެންމެ އިތުބާރުކުރާ ޤުރްއާން މުދައްރިސްގެ ސޫރައިގައިވެސް ފެނިދާނެއެވެ. 

ބުނާނެއެވެ! "މުސްލިމެއްގެ ގޮތުގައި މަރުނުވާށެވެ! އެއީ ނުބައި ދީނެކެވެ. އެދީނުގައި މަރުވެވުނީތީ މިތިބީ ހިތާމަކުރަންޖެހިފައެވެ." މިފަދަ ދޮގު ވަސްވާސްތައް ދީގެންވެސް ތިބާ ލައްވައި ޝަރީކުކުރުވަން ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެއެވެ! 

މީސްތަކުންނޭވެ! ތިބާގެ ކިބައިގައި އީމާންކަން ފުރިހަމަނުވާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެދޭ ވަސްވާސްތައް ޤަބޫލުކުރެވިއްޖެ ނަމަ ތިބާގެ އާޚިރަތަށްވާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ހޭލުންތެރިވާށެވެ! ދީނުގައި ސާބިތުވާން ގަދައަޅައި މަސައްކަތްކުރާށެވެ! އީމާންތެރިއެއްގެ ގޮތުގައި މަރުގެންދެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ދުޢާ:

 

ޝައިޚް ޢަލީ އަލްސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް