އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭސްގަންނަން ފާމަސީއަށް ދިއުމުން ޖިންސީ ގޯނާކުރި މީހާގެ ޤައުމު އަދި ސިއްރަކަށް!

ބޭސްގަންނަން ފާމަސީއަށް ދިއުމުން ޖިންސީ ގޯނާކުރި މީހާގެ ޤައުމު އަދި ސިއްރަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

"މާލޭގެ ފާމަސީއަކަށް ރޭ ދިއަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސލައެއް ފުލުހުން ދަނީ ތަޙްޤީޤްކުރަމުން! މިހައިތަނަށް މައްސަލައިގަ މީހަކު ހައްޔަރެއް ނުކުރޭ!" ފުލުހުންގެ މީޑިއާ ގްރޫޕުގައި ހާމަކޮށްފައިވަނީ މިވަރަށެވެ! 

މިކަމާއި ގުޅިގެން ނޫސްވެރިއަކު "ޖިންސީ ގޯނާކުރީ ދިވެއްސަކުކަން ނުވަތަ ބިދޭސީއަކުކަން ހާމަކުރެވިދާނެތޯ؟" ކުރި ސުވާލަށް މިވަގުތާއި ހަމައަށް ޖަވާބު ދީފައި ނެތުމުން މިއަދުނޫހުން ގުޅައި އެ މައުލޫމާތަށް އެދުމުން ލިބުނު ޖަވާބަކީ "ބަލާފަ ގުޅާނަން" އެވެ. އިތުރު ޖަވާބެއް މިވަގުތާއި ހަމައަށް ލިބިފައެއް ނުވެއެވެ. 

"ވޮއިސް" އޮންލައިނުން ބުނެފައިވަނީ މި މައްސަލައިގައި ޖިންސީ ފުރައްސާރަ ކުރިމަތިވި އަންހެން މީހާ އެނޫހަށް މައުލޫމާތުދިފައިވާ ކަމަށެވެ. 

"އެގޮތުން ބޭސްގަތުމަށް ފަހު ކައުންޓަރުގައި އަރިއަކަށް ހުއްޓައި އުރަމަތީގައި ކޭޝިއަރު އަތްލާފައިވާކަމަށާއި، އެއާއެކު ސޮރީ ސޮރީ އޭ އިންޑިއާ މީހާ ބުނެފައިވާކަމަށް އޭނާ މައުލޫމާތުދިނެވެ. މި ހާދިސާ ހިނގާފައިވަނީ ޖަނަވަރީމަގު ގައި ހުންނަ އެމް އެސް ސީ ފާމަސީގައެވެ." އެނޫހުން ހާމަކޮށްފައިވެއެވެ. 

ކުށް ސާބިތުނުވި ނަމަވެސް ހުށަހެޅޭ މިބާވަތުގެ މައްސަލަތަކުގައި އެމީހަކު ނިޞްބަތްވާ ޤައުމު ފުލުހުން ހާމަކޮށްފައި އެބަހުރިކަން ފާހަގަކުރެވެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް