އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާގެ މާހައުލުގަ ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަނީ ވަޒީފާ ބަޔާނުގަ ނެތް މަސައްކަތްކުރަން ކުރިމަތިލާތީ!

ވަޒީފާގެ މާހައުލުގަ ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަނީ ވަޒީފާ ބަޔާނުގަ ނެތް މަސައްކަތްކުރަން ކުރިމަތިލާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މިހާރަކަށް އައިސް އެންމެ ގިނައިން އަޑުއިވޭ އެއް ޝަކުވާއަކީ ވަޒީފާގެ މާހައުލުން ކުރިމަތިވާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ވާހަކައެވެ. ވީމާ މިއީ މިއަދު ނުދައްކައި ތިބެވެން އޮތް ވާހަކައެއް ނޫނެވެ. 

މިފަދަ ކަންކަމަށްބަލާއިރު ޢިއްފަތްތެރިކަމާއިއެކު ވަޒީފާއަދާކުރަން މަސައްކަތްކުރާ އަންހެނުންނަށްވެސް މައްސަލަތައް ކުރިމަތިވެއެވެ. 90 އިންސައްތަހައި މިންވަރަށް ގިނައީ ވަޒީފާ ބަޔާނުގައި ކުރަން ޖެހޭނެކަމަށް ނެތް މަސައްކަތް ކުރަން އުޅޭ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކެވެ. 

ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާވަރުން ވަޒީފާއަދާކުރަންޖެހޭނަމަ ވަޒީފާ އަދާކުރިނަމަވެސް ކުރަންޖެހޭނީ ވަޒީފާ ބަޔާނުގައި ކުރަންޖެހޭނެ ކަމަށް ވަޒީފާ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކެވެ. ބޮޑުމީހާ ނުވަތަ އިސްކޮށް ހުންނަ މީހާގެ ޖިންސީ އެދުންތައް ފުއްދައިދިނުމާއި އޭނާގެ ގައިގައި އުނގުޅުންފަދަ ކަންކަން އެއްވެސް ވަރަކަށް ކުރާކަށް ނުޖެހޭނެއެވެ.

އެކަންކަން ނުކޮށް ވަޒީފާ އަދާކުރެވެން ނެތް ނަމަ ކިތަންމެ ދަތިޙާލުގައި އުޅެން ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ޢިއްފަތްތެރިކަން ސަލާމަތްކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކޮށް ވަޒީފާ ދޫކޮށްލާށެވެ! އެއިރުން މާރަނގަޅު ވަޒީފާތައް ﷲ ތަޢާލާ ފަހިކުރައްވަވައި ދެއްވަވާނެތެވެ! އެފަދަ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

ވަޒީފާ އަދާކުރުމަށްފަހު ވަގުތު ބޭކާރުނުކޮށް އަވަހަށް އެނބުރި ގެއަށް އަންނާށެވެ! ވަގުތުތައް ބޭކާރު ގޮތުގައި ގެއިން ބޭރުގައި ހޭދަނުކުރާށެވެ! ހަމަ އެޢާއިއެކު ވަޒީފާއަށް ދާންވެސް ލާންޖެހޭނީ ބޮޑުމީހާ ރުހޭނެ ހެދުމެއް ނޫނެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެދުމެވެ. ވަކި ގޮތަކަށް ހެދުންލުމަށާއި ވަކި ސަރަހައްދުތަކެއް ނިވާކުރަން ﷲ ތަޢާލާ ވަޙީޚުރައްވަވާފައި އެވަނީ އަނހެނުންނަށް ހުރިހައި ގޮތަކުން ވެސް ރައްކައުތެރިކަން ހޯއްދަވައި ދެއްވެވުމަށެވެ. އެ ރައްކައުތެރިކަން އަމިއްލައަށް ދޫކޮށްލުމަށްފަހު ޝަކުވާ ކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް