އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރުހެދި މީހާކަމަށް ބުނެ ދައްކާނީ ސިހުރުވެރިޔާ ދައްކަން ބޭނޫންވާ މީހާގެ ސޫރައިގަ ސިހުރުވެރިޔާގެ ޖިންނި!: މުފްތީ މެންކް

ސިހުރުހެދި މީހާކަމަށް ބުނެ ދައްކާނީ ސިހުރުވެރިޔާ ދައްކަން ބޭނޫންވާ މީހާގެ ސޫރައިގަ ސިހުރުވެރިޔާގެ ޖިންނި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ސިހުރުހަދާ މީހުންގެ ގާތަށް ގޮސް އެމީހާއަށް ސިހުރުހެދީ ކާކުކަން ހޯދައިދިނުމުން ބައެއް ފަހަރު އެމީހާއަށް ކޮންމެވެސް މީހަކު ދައްކަފާނެއެވެ. ހަމަ ސޫރައިގައިވެސް ދައްކައިފާނެއެވެ. އެމީހުން ކުރާކަމަކުން ހުވަފެނުގައިވެސް ފެނިދާނެއެވެ. 

ސިހުރު ހަދާމީހުން އެދައްކާ މީހާ އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ! އެއީ އެކަންކުރި މީހާއެއް ނޫނެވެ. ދައްކާނީ ޢާއިލާގެ ނުވަތަ އެނޫންވެސް ގޮތަކުން އެންމެ ގާތް މީހެކެވެ. ބޭނުމަކީ ތހުމަތުތައްކޮށް ފިތުނަ އުފެއްދުމެވެ. ސިހުރުހަދާމީހުން ކުރާ ކަންކަމުން އެފެންނަނީ މީހެއް ނޫނެވެ. މީހެއްގެ ސފައިގައި އެފެންނަނީ ސިހުރުވެރިޔާ ގުޅިފައި ހުންނަ ޖިންނިއެވެ. 

މިގޮތަށް މިކަންތައްކޮށް ފިތުނަ އުފެއްދުމަށްފަހު ތިބާ ގާތު ޤުރްއާނުން ކޮންމެވެސް ތަނެއް ކިޔަވަންވެސް ބުނެފާނެއެވެ. ނަމާދުކުރަންވެސް ނަޞޭޙަތްދީފާނެއެވެ. ނަމަވެސް މީހަކާއި ހަސަދަލައިގެން ހުރެ ކުރާ އަޅުކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަންކަން ކުރަން އެބުނަނީ އޭނާކުރާ އަމަލުތަކަކީ ރަނގަޅޫ ޢަމަލުތަކެއްކަމަށް ދެއްކުމަށެވެ. ސިހުރުވެރިޔާ ހުރީ ދީނުގައިކަން ވިސްނައިދިނުމަށެވެ. ނަމަވެސް ސިހުރުވެރިޔާ ހުންނާނީ ދީނަކު ނޫނެވެ. ދީނުގައި ހުރެގެން ސިހުރެއް ނުހަދާނެއެވެ! 

ސިހުރުވެރިން ބުނާ ކަންކަން ކުރުމުން ގުޅިފައި ތިބޭ ޝައިޠޯނުން ﷲ ތަޢާލާއަށް މަލާމާތުގެ ބަސްތައްވެސް ރައްދުކުރެއެވެ. ބުނެއެވެ! "އެންގެވީ ﷲ އަށް ސަޖިދަކުރުމަށާއި ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ! ނިކަން ދެކިބަލާށެވެ! މިވެނި އެވެނި މީހާ މިހާރު އެކުރަނީ އަހަރެން ބުނާކަންތަކެވެ. ކަންކަމަށް އެއެދެނީ އަހަރެންގެކިބައިންނެވެ." 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ސިހުރުވެރިންގެ މިބާވަތުގެ އަމަލުތައް ޤަބޫލުކުރުމުން އުފެދޭ ފިތުނަ މުޅި އުމުރަށް ދެމިގެންދެއެވެ. ޢާއިލާތައްވެސް ރޫޅި ބައިބައިވެއެވެ! މަރުދުވަހާއި ހަމައަށް އަނގައިން ވެސް ނުބުނެ އެބަތިބެއެވެ. އެއީ ތިމާއަށް ސިހުރުހަދއި ގެއްލުން ދިނީ އެމީހަކު ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް ޙަޤީޤަތަކީ ސިހުރުވެރިޔާ ހެދީ ބޮޑު ދޮގެއްކަމެވެ!  ވީމާ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް