އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރޮކޯއިން ރާއްޖެއަށް ދޭ ސްކޯލާޝީޕް ފުރުޞަތު ފަހަކުން ވިއްސަށް އިތުރުކޮށްފި!

މޮރޮކޯއިން ރާއްޖެއަށް ދޭ ސްކޯލާޝީޕް ފުރުޞަތު ފަހަކުން ވިއްސަށް އިތުރުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެޤައުމުގެ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލަރޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

މިފުރުސަތުތަށް އިތުރުކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީދަތުރުފުޅުގައި އެޤައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެންނެވެ. 

މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު 5 ސްކޮލަރޝިޕެވެ. އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ މި ނިންމުމުގެ ސަބަބަން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާޢިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗަރގެ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށް 20 ސްކޮލަރޝިޕް ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެއެވެ. 

މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަޙުވަންތަ ޤައުމެކެވެ. މިގޮތުން، މިނިސްޓަރ ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީޚުގައިވެސް ދިވެހި ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުން، މިދަތުރުފުޅުވެގެން ގޮސްފައިވަނީ މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި  ބޮޅަކަށެވެ. މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރމާބެހޭގޮތުންނާއި، ތަރައްޤީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާތައްކުރެވިފައެވެ. ހަމައެއާއެކު މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު 4 ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. 

 

- ފޮރިން މިނިސްޓްރީ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު