އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުންގެ ޙައްޤުތަކަށް އަރައި ނުގަންނާށެވެ! ޤިޔާމަތް ދުވަހު ނުއުފުލޭނެއެވެ!

މީހުންގެ ޙައްޤުތަކަށް އަރައި ނުގަންނާށެވެ! ޤިޔާމަތް ދުވަހު ނުއުފުލޭނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަމީރަކު އޭނާގެ ގަނޑުވަރުގެ ވަށައިގެންވާ ބަގީޗާ ބޮޑު ކުރަން ޤަޞްދު ކުރިއެވެ. އެހެންކަމުން އޭނާގެ ގަނޑުވަރާއި ޖެހިގެން އޮތް ދަނޑުބިން އަތުލިއެވެ. އެދަނޑުބިމަކީ ވަރަށް ނިކަމެތި ފަޤީރެއްގެ ދަނޑު ބިމެކެވެ. އެ އަމީރުގެ ކިބައިން އޭނާގެ ޙައްޤު ހޯދުމަށް މަސައްކަތް ކުރުމުގެ އެއްވެސް ބާރެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން މާތް ﷲ އެމަށް ފުރުޞަތެއް ތަނަވަސް ކޮށްދެއްވާނެ ކަމުގެ އުންމީދުުގައި އޭނާ ދުވަސްތައް ގުނަމުން ދިޔައެވެ. 

އެއްދުވަހަކު އަމީރު އޭނާގެ ބަގީޗާގެ ތެރޭގައި ހިނގަމުން ދަނިކޮށް ދަނޑުވެރިޔާ، އަންނަ މަންޒަރު ފެނުނެވެ. އޭރު އޭނާގެ ކޮނޑުގައި ހުސްގޯންޏެއް އޮތެވެ. އަދި އަމީރުގެ ގާތަށް އައިސް ބުންޏެވެ. "އޭ ޢިއްޒަތްތެރި އަމީރެވެ. އެއްޒަމާނެއްގައި އަޅުގަނޑުގެ ބިމެއްގެ ގޮތުގައި އޮތް މިބިމުން ފަސްކޮޅެއް ނައިގެން މި ގޯންޏަށް އެޅިޔަސް އެންމެ ރަނގަޅުތޯއެވެ؟ ދަނޑުވެރިޔާގެ މަޤްޞަދު އެނގުމެއްނެތި އަމީރު ދަނޑުވެރިޔާއަށް އެކަމުގެ ހުއްދަ ދިނެވެ. ގޯންޏަށް ފުރާ ފަސް އެޅުމަށްފަހު، އަމީރާއި މުޚާޠަބުކޮށް ދަނޑުވެރިޔާ ބުންޏެވެ.  މި ގޯނި އުފުލުމުމުގައި އަޅުގަނޑަށް އެހީތެރިވެ  ދެއްވަފާނުތޯއެވެ؟" އަމީރުު ދަނޑުވެރިޔާ އަށް އެހީތެރިވުމަށް އެ ގޯނީގައި ހިފިއެވެ. އެހެން ނަމަވެސް އޭނާއަށް އެ ފަސްގޯނި ބަރުކަމުން އުފުއްލޭ ގޮތެއް ނުވިއެވެ. އަދި ހިންދަމާލުމަށްފަހު ދަނޑުވެރިޔާ އާއި މުޚާޠަބުކޮށް ބުންޏެވެ. މަޢާފު ކުރާށެވެ. އަހަރެންނަށް އުފުލޭވަރަށް ވުރެ ފަސްގޯނި މާ ބަރެވެ. 

ދަނޑުވެރިޔާ އަމީރާއި މުޚާޠަބު ކޮށް ބުންޏެވެ. "މި ގޯނި އުުފުލުމަށް ތިބާ ނުކުޅެދުންތެރި ވީއިރު، ތިބާގެ ޟަމީރު މިއޮށް ބޮޑު ދަނޑުބިން އުފުލާނީ ކިހިނަކުން ހެއްޔެވެ؟" އަމީރަށް ދަނޑުވެރިޔާގެ ވާހަކަ ވިސްނުނެވެ. އަދި ދަނޑުވެރިޔާގެ ދަނޑުބިން ގަދަކަމުން އަތުލެވުނުކަމަށްޓަކައި ހިތާމަކޮށް، ދަނޑުވެރިޔާގެ ކިބައިން މަޢާފު އެދުނެވެ. އަދި ދަނޑުވެރިޔާއަށް އޭނާގެ ދަނޑުބިން އަނބުރާ ރައްދު ކުރިއެވެ. 

- މޫސާ އަންވަރު ޙަސަން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް