އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ހެޔޮ ޢަމަލެއް ކުރުމުގަ ނަމަވެސް ސާބިތުވާށެވެ! ސުވަރުގޭގެ ދޮރުކޮޅަކުން ވައްދަވާނެތެވެ! އިން ޝާ ﷲ

އެންމެ ހެޔޮ ޢަމަލެއް ކުރުމުގަ ނަމަވެސް ސާބިތުވާށެވެ! ސުވަރުގޭގެ ދޮރުކޮޅަކުން ވައްދަވާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ސުވަރުގޭގައި 8 ދޮރުކޮޅު ހުރެއެވެ. އެއިން ކޮންމެ ދޮރުކޮޅެއް ވެސް ޚާއްޞްކުރެވިފައިވަނީ އަޅުކަމަކަށެވެ. ނަމާދުކުރި މީހުންގެ ދޮރުކޮޅު، ރޯދަހިފިމީހުންގެ ދޮރުކޮޅު" ފަދަ ނަންތަކެވެ. ސުވަރުގޭގައި އެންމެ ދޮރުކޮޅެއް ނުހުރެ 8 ދޮރުކޮޅުހުރެ 8 ދޮރުކޮޅު، ކޮންމެވެސް އަޅުކަމަކަށް ޚާއްޞަ ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ 

ރަސޫލް (ޞޢވ) އަށް ސުވަރުގެއިން ބިލާލުގެފާނުގެ ފައިންޕުޅުގެ އަޑު އިވިވަޑައިގަތެވެ! ބިލާލުގެފާނަށް އެފަދަ މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ކޮން އަޅުކަމެއް ކުރައްވާތީތޯ ރަސޫލް (ޞޢވ) ސުވާލުކުރެއްވެވުމުން ސާބިތުކަމާއިއެކު ކުރައްވަވާ ޢަމަލެއް ކަމަށް ވިދާޅުވީ ފާޚާނާއަށް ވަޑައިގެންފި ނަމަ ކޮންމެ ފަހަރަކުވެސް ވުޟޫކުރައްވަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވެވުމެވެ. 

ބިލާލުގެފާނަކީ ހުރިހާ ހެޔޮ އަމަލުތަކެއް ކުރެއްވެވި ބޭކަލެކެވެ. ނަމަވެސް އެންމެ ޤަވާއިދުކޮށް ކުރެއްވެވިކަމަށް ވިދާޅުވީ އެކަމެވެ! ވީމާ ބިލާލުގެފާނަށް އެފަދަ މަތީދަރަޖައެއް ލިބިވަޑައިގަތީ އެ ޢަމަލުގެ ސަބަބުންނެވެ! 

މިކަމުން އަންގައިދެނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ހެޔޮ ޢަމަލުތަކުގެ ތެރެއިން ކޮންމެވެސް އެއް ޢަމަލެއް ކުރުމުގައި ސާބިތުވާންޖެހޭނެ ކަމެވެ. އެއިރުން ކޮންމެވެސް އެއް ދޮރުކޮޅަކުން އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. 

ވީމާ ކޮންމެ މީހަކުވެސް އަޅުކަންކުރަމުން ކޮންމެވެސް އެއް ހެޔޮ ޢަމަލެއް ކުރުމުގައި ސާބިތުވާށެވެ! އަދި ސުވަރުގެގޭގެ ދޮރުކޮޅަކުން ވަނުމަށް އުންމީދުކުރާށެވެ! މިކަމުގެ ދަލީލުލިބެނީ އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މަދު ނަމަވެސް ޤަވާއިދުން ކުރާ ހެޔޮ ޢަމަލުކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Take up good deeds only as much as you are able, for the best deeds are those done regularly even if they are few.”

Source: Sunan Ibn Mājah 4240

Grade: Sahih (authentic) according to Al-Albani

ވީމާ ކުރެވޭ ހެޔޮ ޢަމަލު މަދު ނަމަވެސް ކުރާ ޢަމަލުކުރުމުގައި ސާބިތުވާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް