އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެންމީހުންނަކީ ތިމާއަށްވުރެ ދަށުދަރަޖައިގެ ބައަކުކަމަށް ޤަބޫލުކުރާ މީހާގެ ނުބައިކަން އިބިލީހަށްވުރެ މާބޮޑެވެ!

އެހެންމީހުންނަކީ ތިމާއަށްވުރެ ދަށުދަރަޖައިގެ ބައަކުކަމަށް ޤަބޫލުކުރާ މީހާގެ ނުބައިކަން އިބިލީހަށްވުރެ މާބޮޑެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އާދަމްގެފާނު ޚަލްޤްކުރެއްވެވުމަށްފަހު އާދަމްގެފާނަށް ސަޖިދަކުރުމަށް ﷲ ތަޢާލާ އަމުރުކުރެއްވެވި ހިނދު އިބްލީސް އެކަމަށް ދެކޮޅު ހަދައި ސަބަބު ބަޔާންކުރިއެވެ. އެއީ އޭނާ އަލިފާނުން ހައްދަވައި އާދަމްގެފާނު މަށީން ޚަލްޤްކުރައްވަވާފައިވުމުން އޭނާގެ ދަރަޖަ އާދަމްގެފާނަށްވުރެ މާމަތިވެރިކަމަށް އޭނާ ޤަބޫލުކުރުމެވެ! 

ﷲ ތަޢާލާ ވަނީ އިބިލީހުގެ ޢުޒުރު ނުވަތަ ބަހަނާ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނީ އިބިލީސަށް ކަމުގައި ކަނޑައަޅުއްވަވައިފައެވެ. އިބިލީހަކީ މުޅި އިންސާނިއްޔަތުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ! މީސްތަކުން މަގުފުރައްދައި ނަރަކައަށް ވައްދުވަން ގަދައަޅައި މަސައްކަތްކުރަނީ އެ ޢަދާވާތްތެރިކަން ބޮޑުކަމުންނެވެ. އިންސާނުންނަށް އޮތް ޙަސަދައިގެބޮޑުކަމުންނެވެ! 

މިއަދު މީސްތަކުން ތިމާއަކީ މާމޮޅު މީހެއްކަމަސް ދެކެ އެހެން މީހުންނަކީ މާދަށުދަރަޖައިގެ ބައަކު ކަމުގައި ދެކެނީ މިވަރުގެ ސަބަބެއްވެސް ނެތިއެވެ. އަނެއް އިންސާނާއަށްވުރެ އެހެން އިންސާނުން މާދަށުދަރަޖައިގައިވާކަމަށް ޤަބޫލުކުރަނީ ހަމަ އެއް ދަރަޖައެއްގައި ތިބެއެވެ. ވީމާ އަހުރެން ދެކޭ ގޮތުގައި ތިމާއަކީ އެހެން އިންސާނުންނަށްވުރެ މަތީ ދަރަޖައިގައިވާ މީހެއް ކަމަށް ޤަބޫލުކުރާނަމަ އެމީހާގެ ނުބައިކަން ﷲ ތަޢާލާ އެންމެ ބޮޑަށް ލަޢްނަތް ލައްވަވާފައިވާ އިބްލީހަށްވުރެ މާބޮޑެވެ!

- ޝައިޚް އަބޫބަކުރު ޒައުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް