އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަރަބި ނުއެނގޭނަމަ އެންމެ އަސަރާއެކު ދުޢާކުރެވޭނީ އަމިއްލަ ބަހުން! އެންމެ މުހިންމީ އިޚްލާޞްތެރިކަމާއެކު އާދޭސް ދެންނެވުން!

ޢަރަބި ނުއެނގޭނަމަ އެންމެ އަސަރާއެކު ދުޢާކުރެވޭނީ އަމިއްލަ ބަހުން! އެންމެ މުހިންމީ އިޚްލާޞްތެރިކަމާއެކު އާދޭސް ދެންނެވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ޢަރަބި ބަސް ނުއެނގޭ މީހަކު ޢަރަބިބަހުން ދުޢާކުރާއިރުވެސް އޮންނާނީ ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގިފައެވެ. އެކަމުގެ އަސަރާއިއެކު ﷲ ތަޢާލާއަށް ނުދެންނެވިފައެވެ. ވީމާ ކުރާ ދުޢާތަކުގެ މާނަ ދަސްކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެއާއިއެކު ތިމާއަށް ބޭނުންވާ ކަންކަމުގައި ތިމާ ވާހަކަދައްކައިއުޅޭ ބަހަކުން ވެސް ދުޢާކުރަންވީއެވެ. އެންމެ އަސަރާއިއެކު ﷲ ތަޢާލާގެ ޙަމްރަތުގައި ދެންނެވޭނީ އެއިރުންނެވެ. 

ކަމަކަ އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. އެހެނީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.  

އެމީހަކު ވާހަކަދައްކައި އުޅޭ ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ޞޢވ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުންނެވެ. 

"ﷲއަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.---- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."  

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދެއެވެ.  

ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ޞޢވ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ. 

އެންމެބޮޑަށް ފާހަގަމިކުރަނީ ކުރާ ދުޢާގެ މާނަ ދަސްކުރުމުގެ މުހިންމުކަމެވެ. ރޯންޖެހޭ ޙާލަތުގައި ރޮއިކަރުނައަޅައި ﷲ ތަޢާލާއަށް ދެންނެވޭނީ ދެންނެވޭ އެއްޗެއް އެނގިގެން ކަމުގައިވާތީއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް