އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިނައި ނުގަނެ ޖުނުބުވެރިޙާލަތުގަ އެހުންނަނީ ޖިންނި ޝައިޠޯނުންނަށް ދައުވަތުދީގެން އަތްފޯރާފަށުގަ!: މުފްތީ މެންކް

ހިނައި ނުގަނެ ޖުނުބުވެރިޙާލަތުގަ އެހުންނަނީ ޖިންނި ޝައިޠޯނުންނަށް ދައުވަތުދީގެން އަތްފޯރާފަށުގަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ހިތާމައަކީ މިއަދު ބައެއް މީހުން ޖުނުބުވެރިޙާލުގައި އެތައް ދުވަހެއްވަންދެން ތިބެކަމެވެ. ބައެއް މީހުން ބޮލުގައިލާ ޑައީ، ނިޔަފަތީގައިލާ ޕޮލިޝް ފަދަ އެތައްކަމަކުން ހިމެއިން ފުރިހަމަނުކުރެވި އެތައް ދުަވހެއް ވަންދެން އެބަތިބެއެވެ! އެހާލުގައި ހުރެ އެމީހާ ނަމާދުކުރާނީ ކިހިނަކުންހެއްޔެވެ؟ ނަމާދު ނުކޮށް ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަންނާނީ ކިހިނަކުންހެއްޔެވެ؟

ޖުނުބުގެ ޙާލަތުގައި ހުންނައިރު އެމީހާއެވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގައެވެ! އެމީހަކާއި ޖިންނި ޝައިޠޯނުންނާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. އެހެރީ ހަމަ އަތްފޯރާފަށުގައެވެ. އެހުރެވެނީ ދައުވަތުވެސް ދީގެންނެވެ. މިޙާލަތަށްވުރެ ނުރައްކައުތެރިކަންބޮޑު ޙާލަތަކީ ކޮބައިހެއްޔެވެ؟   

ޙައިޟުވެރިންނާއި ނިފާސްވެރިންގެ ތެރެއިން ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ތިބޭ މީހުންނަށް (ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކޮށް ހެޔޮ އަމަލުކުރާ މީހުންނަށް) ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ އެމީހުންނަށް ހިނައިގަނެ ނަމާދުކުރެވޭނީ އެކަމުން ސަލާމަތްވެވުމުންނެވެ. އެއީ އެމީހުންގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ޖުނުބުވެރިޔާ ހިނައިނުގަނެ ނަމާދުނުކޮށް އެހުންނަނީ އެމީހާގެ އަމިއްލަ އިޚްތިޔާރުގައެވެ! ޤަޞްދުގައެވެ! ވީމާ މިއީ މުޅިން ތަފާތު ދެ ކަމެކެވެ. 

ޒީނަތްތެރިވާށެވެ! މޭކަޕްވެސްކުރާށެވެ! ފިރިންނަށް ޒީނަތްތެރިކަން ދައްކާށެވެ! ނަމަވެސް މިފަދަ އެންމެހައިކަންކަން ކުރަންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ގޮތަށެވެ. ހިނައި ޠޯހިރުވެ ވުޟޫކޮށް ނަމާދުކުރުމަށް ހުރަސް ނޭޅޭނެ ގޮތަށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް