އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް ކުރަންޖެހޭ ބައެއް ކަންކަމާ ސަމާލުވާންޖެހޭ ބައެއް ކަންކަން: މުފްތީ މެންކް

ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް ކުރަންޖެހޭ ބައެއް ކަންކަމާ ސަމާލުވާންޖެހޭ ބައެއް ކަންކަން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރައްކައުތެރިކަމުގެ ކަވަރުއަޅައިގެންހުރުމެވެ. މަރަކީ ކޮންމެ ކަމެއްކޮށްގެން ހުރިނަމަވެސް އެކަމުގެ ވަގުތުޖެހުމުން ވާނެއެއްޗެކެވެ. އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް ރައްކައުތެރިވެގެން ހުރުމުން އެހެން ހުރިހާ ކަމަކުންވެސް ސަލާމަތްވެވޭނެއެވެ! 

އެގޮތުން ކުރަން އޮތް ފުރަތަމަކަމަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ އަޅަކުކަމުގައިވުމެވެ. ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ހުންނަ މީހަކަށް ސިހުރު ޖެއްސުމަކީ ކުރަން އެހައިފަސޭހަކަމެއް ނޫނެވެ. 

ސިހުރުރުންނާއި އެސްފީނާއިން ސަލާމަތްވުމަށް އެދޭމީހާ ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު 15 މިނިޓްއިރުގެ މަސައްކަތެއް ކުށްލަން ޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އާޔަތުލްކުރުސި ޢާއި އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް 3 ފަހަރު ކިޔަވާށެވެ! ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އެދި ކިޔަންހުރި ޛިކުރުތައް ކިޔާށެވެ! މިކަންކަމަށް ހޭދަވާ ވަގުތުކޮޅަށްވުރެ އެކަމުން ލިބިގެންދާނެ ފައިދާ މާބޮޑެވެ! 

ޙައިޟުވެރިންނާއި ނިފާސްވެރިންވެސް މިފަދައިން ކިޔަންވާނެއެވެ! އެދުވަސްވަރަކީ އެމީހުންނަށް އެންމެ ބޮޑަށް ރައްކައުތެރިކަމަށް ބޭނުންވާނެ ދުވަސްތަކެވެ. ވީމާ ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ. 

ރުޤްޔާކުރަން ދަންނަ މީހުން ބުނެދޭނީ ސުންނަތުން ސާބިތުވާކަންކަމެވެ. ކީރތި ޤުރްއާނުގައި ހުރި ސިހުރު ބާޠިލުވާ އާޔަތްތައް ކިޔެވުމަށެވެ. އެފެން ބުއިމަށާއި ގައަށްއެޅުން ފަދަ ކަންކަން ކުރުމަށެވެ. އެމީހުން ދައްކާނީ ރޯ މާމުޔާއި ޒަމްޒަމްފެނާއި ކަޅުދިރިއާއި ވައްޠީނި ފަދަ ސުންނަތުން އެނގެން ހުރި ތަކެތި ބޭނުންކުރުމުގެ ވާހަކައެވެ. ނަމާދުކޮށް ދުޢާކުރުމުގެ ވާހަކަވެސް ދައްކާނެއެވެ. 

ސިހުރުވެރިން ދައްކާނީ ޤުރްއާނާއި ސުންނަތުން ފެންނަން ނެތް ކަންކަމުގެ ވާހަކަތަކެވެ. އެހީތެރިކަން ހޯދާނީ ޖިންނީންގެ ކިބައިންނެވެ. ކުރަން ބުނާނީ ޝިރުކަށް މަގުފަހިވާނެ ކަންކަމެވެ. އެމީހުންގެ މަޅީގައި ތާށިވެ އެއިން ކަމެއް ޤަބޫލުކުރެވިއްޖެ ނަމަ އެމީހެއްގެ އީމާންކަން ގެއްލިގެން ހިނގައިދާނެއެވެ. ޚާއްޞަކޮށް ﷲ ތަޢާލާ ނޫން ފަރާތަކުން ވާގިއެދުން ފަދަ ކަމެއް ކުރެވިއްޖެ ނަމަ އެއޮތީ މަގުފުރެދިފައެވެ. ވީމާ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ! 

ބައެއްފަހަރު ޝިފާލިބުމުގެ ބޭނުމުގައި ބައެއް މީހުން ގާތަށް މޭގައި ރިއްސާކަމަށް ބުނެފިނަމަ އަންހެނުންގެ ހެދުން ބާލުވައި ރިހޭތަން ދައްކަން ބުނެފާނެއެވެ! އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ "ވަރަށް ބޮޑަށް ޝުކުރިއްޔާ" ބުނެފައި އަވަހަށް އެތަނަކުން ނުކުންނާށެވެ! އެމީހާގެ ކިބައިން ސަލާމަތްވާށެވެ! 

ވިންދުބަލައިލަން ޖެހިއްޖެ ޙާލަތެއްގައި އަތުކުރީގައި އަތްލުން ނޫން ކަމެއްގައި ގައިގައި އަތްލުމާއި ޢައުރަ ދެއްކުން ފަދަ އެއްވެސް އަމަލެއްކޮށްގެން ނުވާނެއެވެ. އެއިރުން އެދެވެނީ ޝައިޠޯނާގެ މަގުންނެވެ! ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ! ޝައިޠޯނުންނެއް ނޫނެވެ!

ސިހުރަކުން ނުވަތަ އެސްފީނާއަކުން ސަލާމަތްވެވޭނެ މަގެއް ހޯދަން މީހެއްގެ ގާތަށް ދިއަ ނަމަވެސް އަންހެނަކުނަމަ އެކަނި ނުދާށެވެ! ތިމާ ޙިމާޔަތްކުރެވޭނެ މީހަކު އެކުގައި ގެންދަންވާނެއެވެ! މިވެނި މީހަކީ އިތުބާރުކުރެވޭނެ މީހެއްކަމުގައި ހަމައެކަކަށްވެސް ނުބަލާށެވެ! އަދި މިފަދަ ކަމެއްގައި މީހެއްގެ ގާތަށް ދިއަ ނަމަވެސް ރައްކައުތެރިކަމަށް އެދި ކިޔަންޖެހޭ ޛިކުރުތައް ކިޔައި ދުޢާކޮށްގެންދާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް