އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރާ ފުރަތަމަ އެއަރ ބަބްލް ރާއްޖެއާ އިންޑިއާ އާ ދެމެދު ގާއިމްކުރަން ނިންމައިފި

ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރާ ފުރަތަމަ އެއަރ ބަބްލް ރާއްޖެއާ އިންޑިއާ އާ ދެމެދު ގާއިމްކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާ އިންޑިއާ އާ ދެމެދު އެއަރ ބަބްލްއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލް އެވެ. 

މި އެއަރ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެއެވެ. ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެއެވެ. 

އެއަރ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެއެވެ. ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނުނަމަވެސް، އެއަރ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެއެވެ. 

މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއަރ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން އިންޑިއާގައި އެބަތިއްބެވެ. އެއަރ ބަބްލް އުފެދުމުން، މި ފަރާތްތަކަށް ރާއްޖެއަށް އައިސް، ރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރޭގައި އަލުން މަސައްކަތްކުރަން ފެށި، ސިއްހީ ނިޒާމަށް އިތުރު ލުއިކަމެއް ލިބިގެންދާނެއެވެ. 

ސިއްހީ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިންވެސް ކޮވިޑް-19ގެ ސަބަބުން އަނބުރާ ގައުމަށް ގޮސްފައިވާއިރު، ލޮކްޑައުންއަށްފަހު ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަސައްކަތްކުރާ މި ދަނޑިވަޅުގައި މި މަސައްކަތްތެރިންނަށް ރާއްޖެއަށް އަނބުރާ އައިސް، އިގްތިސާދީ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ރާއްޖެ ނާދެވި އެބަތިއްބެވެ. 

އެއަރ ބަބްލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއަރ އިންޑިއާއިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު