އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެމްސަންގް ޒެޑް ފްލިޕް އުރީދޫ އިން ތައާރަފްކޮށްފި!

ސެމްސަންގް ޒެޑް ފްލިޕް އުރީދޫ އިން ތައާރަފްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފަރއަކާއި އެކު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗަރ އާއިއެކު ފޮޓޯ ނަންގަވާ ބޭފުޅުންނަށްވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެއެވެ.

އުރީދޫއިން ބުނެފައިވަނީ ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ ކަމަށާއި ބައްލަވައިގަންނަވާ ކޮންމެ ފޯނަކާއި އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މިއަދު ލޯންޗްކުރެވުނު ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށްވެސް އުރީދޫއިން ބުނެފައިން ބުނެފައިވެއެވެ.

މޫލީ މެދުވެރިކޮށް http://ore.do/app އަށް ޒިޔާރަތް ކުރަށްވައިގެން ފޯން ބައްލަވައިގަނެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު