އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަ އަހަރުވީ ދަރިފުޅު ހުކުރު ނޫން ނަމާދަކަށް ނުގެންދާތީ ރޮވިފަ ޝަކުވާކުރި މައިމީހާއަށް އިމާމް ދެއްވި ޖަވާބު!

ބާރަ އަހަރުވީ ދަރިފުޅު ހުކުރު ނޫން ނަމާދަކަށް ނުގެންދާތީ ރޮވިފަ ޝަކުވާކުރި މައިމީހާއަށް އިމާމް ދެއްވި ޖަވާބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އަހަރެން ވަރަށް ފަހުން ޢަރަބި ޤައުމަކަށް ކުރި ދަތުރެއްގައި ބޭއްވުނު ދަރުސެއްގެ ތެރެއިން ބައްދަލުވި މަންމައަކު ރޮއިފައި ބުންޏެވެ! 

"ޝައިޚްއެވެ. މައިންބަފައިންގެ ޒިންމާތައް އެބަވިދާޅުވެދެއްވަމުއެވެ. އަޅުގަނޑުގެ ދޮށީ ފިރިހެން ދަރިފުޅުގެ ޢުމުރަކީ 12 އަހަރެވެ. 12 އަހަރުފުރުނުއިރުވެސް ދަރިފުޅުގެ ބައްޕަ، ހުކުރު ނަމާދަށް ދަރިފުޅު ގެންދިއުން ނޫން އެއްވެސް ކަމެއް ނުކުރެއެވެ. މިދަންނަވަނީ ހުކުރު ނަމާދު ނޫން އެއްވެސް ނަމާދަކަށް ދަރިފުޅު ނުގެންދާ ވާހަކައެވެ. އަޅުގަނޑުގެ އިތުރު 3 ކުދިން އެބަ ތިއްބެވެ. އެކުދިން ދޫކޮށްލާފައި އެ ދަރިފުޅު ގޮވައިގެން މިސްކިތަށް ދިއުމަކީ އަޅުގަނޑަށް ކުރަން ފަސޭހަކަމެއް ނޫނެވެ! ވީމާ މިހާރު ބާލިޣްވެފައި އެހެރަ އަޅުގަނޑުގެ ދަރިފުޅު ލައްވައި ޖަމާއަތުގައި ނަމާދު ނުކުރެވޭތީ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟" 

އޭނާއަށް ހުރީ ރޮވިފައެވެ. ދެލޮލުން ކަރުނަ އޮހެރެއެވެ. ގަނެފައިވާ ބިރަކުން ތުރުތުރުވެސް އަޅައެވެ. އެޙާލަތުގައި ބުނާނެ ބަހަކާއިމެދު ވިސްނައިލަންވެސް ޖެހުނެވެ. އެންމެފަހުން އަހަރެން ބުނީމެވެ! "ﷲ ތަޢާލާ މީސްތަކުންގެ ހިސާބު ބައްލަވާނީ އެމީހަކު ކުރަންޖެހޭ ކަންކަމުގެއެވެ. ފިރިހެން ދަރިން މިސްކިތަށް ޖަމާޢަތަށް ގެންދިއުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. މިސްކިތަށް ނުގެންދެވުނު ނަމަވެސް ކޮންމެ ވަގުތެއް ޖެހުމުން ދަރިފުޅަށް ހަނޑާންކޮށްދީގެން ގޭގައި ނަމާދުކުރުވޭތޯ ބަލާށެވެ! އެއިރުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ބައްޕައިންވެސް ދަރިންގެ ރިޕޯޓްފޯމްތައް ވަރަށް ރަނގަޅަށް ބަލައެވެ. ކިރިޔާވެސް މާއްދާއަކުން ދަށްވެއްޖެ ނަމަ، ކްލާހުން 1 ވަނަ ނުލިބިއްޖެ ނަމަ ގަދައަށް ރުޅިއާދެއެވެ! އެކަމުން އެނގެނީ ދަރިފުޅަށް އާޚީރަތް ހޯދައިދިނުމަކީ ބައްޕައަށް އެއްވެސް މުހިންމު ކަމެއް ނޫން ކަމާއި ދުނިޔެ ހޯދައިދެވިއްޖެނަމަ ބައްޕައަށް ފުދުނީކަމެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަކީ ހުރިހާ ގޮތަކުން އެންމެ މޮޅު ކުއްޖާކަމުގައިވުމަށެވެ! އެނޫން ގޮތަކަށް އެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަކަމަކީ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާކަމުގައިވުމަށް އެދޭމީހާ އެކަމަށް އެދިގެން މަސައްކަތްކުރާށެވެ! ކިޔަވައިދޭން މަސައްކަތްކުރާށެވެ! ދަރިފުޅަށްޓަކައި ހެޔޮދުޢާކުރާށެވެ! ދަރިފުޅު ކުރާ މަސައްކަތަށް ފާރަވެރިވެ ބަލަހައްޓަމުން ގެންދާށެވެ! 

އެކަންކަން ކުރުމާއިއެކު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކުއްޖާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެއްދުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ކުއްޖާގެ ޢުމުރާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ނަމާދުކުރުވުމެވެ. މިވާޖިބުތައް އަޑާނުކުރެވޭ މައިންބަފައިންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ މީހުންނެވެ. ނިޔާކަނޑައެޅުއްވެވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ! 

ދަރިފުޅުގެ ކަންކަމުގެ ތެރެއިން ބަލަންވީ ހަމައެކަނި ކްލާހުން ހޯދާ މާޖްސްއެއް ނޫނެވެ! އެހުރިހާ ކަމެއްގެ ކުރިއަށް ދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްުވުމާއި ނަމާދުކުރުވުން ކުރިއަށް ނެރޭށެވެ! ލިބޭ މާކްސްވެސް ގިނަވާނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް